އެންމެ ފަރަގު ކުޑަ ނަތީޖާ؛ ހަތަރު ވޯޓުން ދުވާފަރު ގޮނޑި މުހައްމަދަށް

އިންތިހާބު ގައި މުހައްމަދު އަލީއަށް ލިބުނީ 1074 ވޯޓެވެ. އިބްރާހިމް އަބްދުއްރަހްމާނަށް 1070 ވޯޓެވެ. މިހާރުގެ މެންބަރު އިސްމާއީލް އަހްމަދަށް 579 ވޯޓެވެ.

ދުވާފަރު ދާއިރާގެ ގޮނޑިއަށް އިންތިހާބުވި މުހައްމަދު އަލީ އަދި އޭނާއާ އެންމެ ގާތުން ވާދަކުރި އިބްރާހިމް އަބްދުއްރަހްމާން

މިދިޔަ އާދިއްތަ ދުވަހު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އެންމެ ވާދަވެރި ނަތީޖާއަކުން މަޖިލީހަށް އިންތިހާބުވި މެންބަރަކަށް ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި މުހައްމަދު އަލީ ވެއްޖެ އެވެ.

ދުވާފަރު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެއީ؛

  •  އިބްރާހިމް އަބްދުއްރަހްމާން - އަމިއްލަގޮތުން
  •  އަޒްލީން އަހްމަދު - ޖުމްހޫރީ ޕާޓީ
  •  މުހައްމަދު އަލީ - ކޮންގްރެސް ޕާޓީ
  •  އިސްމާއީލް އަހްމަދު - އެމްޑީޕީ

ވިހިވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުުރުމަށް ނެގުނު ވޯޓް ގައި އެންމެ ފަރަގު ކުޑަކޮށް އެންމެ ވާދަވެރި ނަތީޖާ އަކުން މަޖިލީހަށް އިންތިހާބުވި މެންބަރަކަށް މުހައްމަދު އަލީ ވީ ހަތަރު ވޯޓުން ކުރި ހޯދައިގެންނެވެ.

އިންތިހާބު ގައި މުހައްމަދު އަލީއަށް ލިބުނީ 1074 ވޯޓެވެ. އިބްރާހިމް އަބްދުއްރަހްމާނަށް 1070 ވޯޓެވެ. މިހާރުގެ މެންބަރު އިސްމާއީލް އަހްމަދަށް 579 ވޯޓެވެ. ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދަށް ލިބުނީ 77 ވޯޓެވެ.

މީގެ ކުރީން ބައެއް އިންތިހާބު ތަކުގައި އެންމެ ވޯޓަކުން ވެސް މެންބަރު ކަމުގެ ގޮނޑި ކަށަވަރު ކޮށްފައިވެ އެވެ. 

ކޮމެންޓް

1
450
މޮޑޭޒް
1 month ago

އަބްރާހިމް އަބްދުއްރަހްމާން އަށް ލިބުނީ 1170.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.