އެންމެ ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހަށް އިންތިހާބުވެ ޝުޖާއުއަށް ބަރުލަމާނީ ރެކޯޑެއް

ވަރަށް އާބާދީ ބޮޑެތި ސިޓީތަކާއި ދާއިރާތަކުގައި ވެސް މަޖިލީސް އިންތިހާބެއް ގައި މެންބަރަކަށް ދެހާހާ ގާތް ކުރާ އަދަދަކަށް ވެސް ވޯޓް ލިބިފައިވަނީ ވަރަށް މަދު ފަަހަރަކު އެވެ. އެހެން ކަމުން މިއީ ބަރުލަމާނީ ތާރީހު ގައި ރެކޯޑެެކެވެ.

މަޖިލީހަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން އިންތިހާބުވެވަޑައިގެންނެވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ އޮތް "މަޖިލީސް 24" ގައި އެންމެ ގިނަ ވޯޓާ އެކު އިންތިހާބުވެވަޑައިގެންނެވި މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެވަޑައިގެންފި އެވެ.

މީގެ ކުރީން ވެސް އެ ދާއިރާގެ މެންބަރު ކަން ކުރައްވާފައިވާ ޝުޖާއު، އިއްޔެގެ އިންތިހާބު ގައި 2،442 ވޯޓް ހޯއްދަވާފައިވެ އެވެ. މިއީ ވޯޓްލީ މީހުންގެ 82.46 އިންސައްތަ އެވެ. މަޖިލީސް އިންތިހާބު ގައި މިހާތަނަވަސް އަޣުލަބިއްޔަތަކުން މި ފަހުން މެންބަރަކު އިންތިހާބުވެވަޑައިގެންފައެއް ނުވެ އެވެ.

ވަރަށް އާބާދީ ބޮޑެތި ސިޓީތަކާއި ދާއިރާތަކުގައި ވެސް މަޖިލީސް އިންތިހާބެއް ގައި މެންބަރަކަށް ދެހާހާ ގާތް ކުރާ އަދަދަކަށް ވެސް ވޯޓް ލިބިފައިވަނީ ވަރަށް މަދު ފަަހަރަކު އެވެ. އެހެން ކަމުން މިއީ ބަރުލަމާނީ ތާރީހު ގައި ރެކޯޑެެކެވެ.

އިއްޔެގެ އިންތިހާބު ގައި ދެހާސް ވޯޓް / އެއަށްވުރެ މަތީން ހޯއްދެވި ހަމަ އެކަނި ކެންޑިޑޭޓަކީ ވެސް ޝުޖާއު އެވެ. ޝުޖާއުއާ އެންމެ ކައިރީން ދެން އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓަށް ވެސް ލިބިފައި ވަނީ 1،848 ވޯޓެވެ. އެއީ ގަމު ދާއިރާގެ މެންބަރަކަށް އިންތިހާބުވެވަޑައިގެންނެވި ޔޫސުފް ނަޝީދެވެ. ނަމަވެސް މިއީ 600 ވޯޓްގެ ފަރަގެކެވެ.

ބާރަށު ދާއިރާ އިން ޝުޖާއުއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 468 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 15 އިންސައްތަ އެވެ. ޝުޖާއުއާ ވާދަކުރެއްވި ކެންޑިޑޭޓާ ވެސް ދެހާހެއްހާ ވޯޓްގެ ފަރަގު ހުއްޓެވެ.

މީގެ ކުރީން 2014 ވަނަ އަހަރު ވެސް ޝުޖާއު، ބާރަށު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވީ އެ ފަހަރުގެ އިންތިހާބު ގައި ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓުގެ ގޮތުގައެވެ. އެ ފަހަރު އެންމެ ގިނަ ވޯޓް ހޯއްދެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު / ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ޝުޖާއު އަކީ ބާރަށު ދާއިރާ -- ތަކަންދޫ، މުރައިދޫ، އުތީމު، ބާރަށުގެ ރައްޔިތުންގެ މެދުގައި މިދިޔަ 15 ވަރަކަށް އަހަރު އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.