އެމްޑީޕީއަށް އެންމެ ލަދުވެތި ނަތީޖާ އައީ އޭދަފުށި އަދި މާފުށި ދާއިރާއިން

އޭދަފުށި ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 11 ވޯޓެވެ. މާފުށި ދާއިރާ އިން 1800 ވުރެ ގިނަ މީހުން ވޯޓްލީއިރު އެމްޑީޕީއަށް 100 ވޯޓް ވެސް ނުލިބެވެ.

އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ދަށް ނަތީޖާ ލިބުނު ދެ ކެންޑިޑޭޓުން

ވިހިވަނަ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ނެގި ވޯޓްގައި އިިދިކޮޅު މައި ޕާޓީ -- އެމްޑީޕީއަށް ދެ ދާއިރާ އަކުން ވަރަށް ލަދުވެތި ނަތީޖާއެއް ލިބިއްޖެ އެވެ.

އިއްޔެ އޮތް މަޖިލީސް އިންތިހާބަށް އެމްޑީޕީން 90 ކެންޑިޑޭޓުން ނެރުނެވެ. އެކަމަކު 53،000 ވުރެ ގިނަ މެންބަރުން ހިމެނޭ އިދިކޮޅު މައި ޕާޓީއަށް ލިބުނީ 12 ގޮނޑި އެވެ.

ބައެއް ދާއިރާތަކުން ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓުންނާއި ވަރަށް ކައިރީން އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރި އެވެ. އަދި ބައެއް ދާއިރާތަކުން އެމްޑީޕީގެ ކެންޑިޑޭޓުންނަަަށް ލިބުނީ ވަރަށް ބޮޑު ނާކާމިޔާބެކެވެ.

ކޮންގްރެސްގެ ކެންޑިޑޭޓަކާ ރައީސްގެ ތާއީދު އޮތް ކެންޑިޑޭޓުން ވާދަކުރި ބައެއް ދާއިރާތަކުން ވެސް އެމްޑީޕީ ތިން ވަނައަަށް ދިޔަ އެވެ. އަދި ދެ ދާއިރާއަކުން ވަރަށް ލަދުވެތި ނަތީޖާ އެއް ވެސް ލިބުނެވެ.

އެމްޑީޕީއަަށް އެންމެ ލަދުވެތި ނަތީޖާއެއް ދިނީ އޭދަފުށީ ދާއިރާ އިންނެވެ. ކޮންގްރެސްގެ ޓިކެޓްގައި މަަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބޮޑު ތަފާތަކުން ގޮނޑި ކަަށަވަރު ކުރެއްވި އެ ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 11 ވޯޓެވެ. އެ ދާއިރާއަަށް އެމްޑީޕީން ވާދަކުރީ އަބްދުލް ހަމީދު މުހައްމަދެވެ.

ދެން އެންމެ ލަދުވެތި ނަތީޖާއެއް ލިބުނީ އެމްޑީޕީގެ ރަށެއްގެ ގޮތުގައި ލޭބަލް ކޮށްފައި އޮންނަ ލޯކަލް ޓޫރިޒަމްގެ މައި ރަށް -- މާފުށި ހިމެނޭ މާފުށި ދާއިރާ އިންނެވެ. މާފުށި، ގުރައިދޫ ހިމެނޭ ދާއިރާ އިން 1800 ވުރެ ގިނަ މީހުން ވޯޓްލީއިރު އެމްޑީޕީއަށް 100 ވޯޓް ވެސް ނުލިބުނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ލުތުފީއަށް ލިބުނީ 83 ވޯޓެވެ. ކުރީން ގުރައިދޫ ދާއިރާގެ ގޮތުގައި އޮތް މި ދާއިރާގެ ބައި އިލެކްޝަނެއް ދާދި ފަހުން އޮތެވެ. އެފަހަރު ގޮނޑި ނެގީ އެމްޑީޕީންނެވެ. މި ފަހަރު ގޮނޑި ނެގީ އެ ފަހަރު އިންތިހާބުން ނާކާމިޔާބުވި ހުސައިން ރިޒާ އާދަމް އެވެ. ހުސައިނަކީ ކުރީން މި ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. ކެންސަރުގެ އާލާސްކަންފުޅު ގައި ރިޒާ އަވަހާރަވީ މެންބަރު ކަމުގައި ހުންނަވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.