މައުމޫންގެ ދެ ބޭފުޅުންނަށް އިންތިހާބުން ނާކާމިޔާބު

ދުންޔާ އަށް ލިބިވަޑައިގަތީ ފާރިސްއަށް ވުރެ ވެސް ދަށް ނަތީޖާ އެކެވެ.

ރައީސް މައުމޫންގެ ދެ ބޭފުޅުން ކަމަށްްވާ ދުންޔާ މައުމޫނާއި ފާރިސް މައުމޫން

މިއަދު އޮތް އިންތިހާބު ގައި ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.

މަޖިލީސް އިންތިހާބު ގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވާދަ ކުރެއްވީ މައްޗަންގޮޅީ އުތުރު ދާއިރާ އަށެވެ. މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވާދަ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. ދެ ބޭފުޅުން ވެސް ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ.

ދުންޔާ ވަނީ ސަރުކާރު ހިންގާ -- ކޮންގްރެސް ޓިކެޓް ހޯދުމަށް ޕްރައިމަރީ ގައި ވާދަ ކުރައްވާފައެވެ. ނަމަވެސް ޕްރައިމަރީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. ފަހުން ދުންޔާ ނިންމެވީ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށެވެ.

މިއަދުގެ އިންތިހާބު ގައި ފާރިސްގެ މައްޗަށް ކުރި ހޯއްދެވީ ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އެއްބަފާ ކޮއްކޯފުޅު އިބްރާހިމްް މުހައްމަދު (ޖަނާބު އިއްބެ) އެވެ. ދުންޔާ އަށް ލިބިވަޑައިގަތީ ފާރިސްއަށް ވުރެ ވެސް ދަށް ނަތީޖާ އެކެވެ. ދުންޔާ ވާދަ ކުރެއްވި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް / ކުރީގެ މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދެވެ.

ދުންޔާއާ ފާރިސް ހޮއްވެވުމަށް ރައީސް މައުމޫނާއި މެޑަމް ނަސްރީނާ އިބްރާހިމް ވެސް ކެމްޕެއިން ކުރެއްވި އެވެ.

މި ދެ ބޭފުޅުންގެ އިތުރުން މައުމޫންގެ ވަރަށް އަރިސް، އެމްއާރްއެމްގެ ނާއިބު ރައީސާ އައިމިނަތު ނާދިރާއަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ކޮމެންޓް

1
450
ާޖަނާބު
4 months ago

ނަތީޖެއްވެސް ޖަހާލިނަމަ ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.