ކޮންގްރެސްގެ ކާމިޔާބީ ފާހަަގަ ކުރަން މާދަމާ ރޭ ހަވާ އަރުވަނީ

ކޮންގްރެސް އަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން މާދަމާ ރޭ ހަވާ އަރުވަން ވެސް ވަނީ ނިންމާފައެވެ.

ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހިނގާލުން -- ޔާމީން | ދަ މިރާ

މިއަދު އޮތް ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ހޯދާ ސުޕަ މެޖޯރިޓީ ލިބުން ފާހަގަ ކުރުމަށް މާދަމާ ރޭ ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ. 

މާދަމަ ރޭގެ ހަރަކާތް އޮތީ 8:30 ގައި އާޓިފިޝަލް ބީޗު ގައެވެ. މި ހަރަކާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ވެރީންނާއި ކޮންގްރެސްގެ ވެރީންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ބައިވެރިވާނެ އެވެ. އަދި އިންތިހާބު ގައި މޮޅުވި ކެންޑިޑޭޓުން ބައިވެރިވާނެ އެވެ.

ކޮންގްރެސް އަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން މާދަމާ ރޭ ހަވާ އަރުވަން ވެސް ވަނީ ނިންމާފައެވެ.

މިއަދުގެ އިންތިހާބުގައި ހައިރާން ކުރަނިވި ނަތީޖާ އަކުން ބޮޑު ތަނުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދީ ކޮންގްރެސް އިންނެވެ.

ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް އަށެވެ. އައްޑޫގެ ވެސް ދެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު މާލެ ސިޓީން ވެސް ވަރަށް ތަނަވަސް އަޣުލަބިއްޔަރެއް ވަނީ ހޯދާފައެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ.

މިހާރު ޔަގީން ކުރެވޭ ގޮތުން ކޮންގްރެސް އިން 70 ގޮނޑި ނަގާނެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބު ވި ބައެއް މެންބަރުންނާ އެކު ދެން އަންނަ މަޖިލީހުގައި ރައީސަށް ތާއީދު ކުރާ 75 މެންބަރުން ތިއްބަވާނެ އެވެ.

މި ނަތީޖާ އަކީ ކުރީން އެއްގޮތަކަށް ވެސް ހީކުރެވިފައި އޮތް ނަތީޖާއެއް ނޫނެވެ. މިއަދު އޮތް އިންތިހާބު ގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި ކޮންގްރެސްގެ ޓިކެޓް ގައި ނިކުންނެވި ވަރަށް ޒުވާން ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.