މީ ނާމާން ވަމުންދާ ދުވަސްތަކެއް، ފާއްދާލަނީ ފުން އަސަރުގެ ކަރުނަ"

އިދިކޮޅު ބޮޑު ޕާޓީގެ ވެސް ރައީސްކަން ކުރައްވާ ރައީސް ޔާމީނަކީ ވަރަށް ބޮޑު ނޭޝަނަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު މިއަދު، ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަން ކުރެއްވީ ފުން އިހުސާސްތަކެއް ހިމެނޭ ގޮތަށް ދިވެހި ބަހުން ޓްވީޓެކެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން: ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވެވީ ފުން އިހުސާސްތަކެއް ބޭރު ކުރެއްވުމާއެކު

މިއީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއް ކަމަށާއި ލޯތަކުން މިއަދު ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމަށް ވިދާޅުވާ ފުން އިހުސާތަކަކާއެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

އިދިކޮޅު ބޮޑު ޕާޓީގެ ވެސް ރައީސްކަން ކުރައްވާ ރައީސް ޔާމީނަކީ ވަރަށް ބޮޑު ނޭޝަނަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު މިއަދު ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަން ކުރެއްވީ ޓްވީޓެކެވެ.

ރައީސް ޔާމީން ކުރެއްވި ޓްވީޓް

އެ މަނިކުފާނު ދިވެހި ބަހުން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވަނީ މިއީ ބަނަވަމުންދާ ދުވަސްތަކެއް ކަމަށެވެ، އަދި "ހިތް ދަތި ކަމާއެކު ވެސް ގައުމީ ދުވަހުގެ ހެޔޮ އދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށް ފޮނުވަމެވެ"

މީގެ އިތުރުން އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ގައުމީ ދުވަހުގެ ބަތޮލު، އުތީމު ބޮޑުތަކުރުރާނު ކުރެއްވީ މަތިވެރި ޖިހާދެއް ކަމަށާއި "ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ" ކަމަށެވެ.

ރައީސް ޔާމީން އަބަދުވެސް އެންމެ ބޮޑަށް ބާރު އަޅުއްވާ ވާހަކަފުޅު ދައްކަވާނީ ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމަށާއި މާތް އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަން ބީވެގެން ނުދާނެ ގޮތަކަށް ރާއްޖޭގެ ކަންކަމާއި ހާރިޖީ ގުޅުންތައް ބައްޓަން ކުރުމަށެވެ. އަދި އެ މަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ ކައިރި އިންޑިއާއަށް މުޅީން ބަރޯސާވެ ރާއްޖޭގެ މިނިވަންކަން އިންޑިއާއަށް ދީގެން އޮތް ސަރުކާރެކެވެ. އެކަމާ ދެކޮޅު ހަދައި އެ މަނިކުފާނު އިސްވެ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭން ވެސް ހިންގި އެވެ. އެހެން ނަމަވެސް އެ ތުހުމަތަކަށް ދިވެހި ސަރުކާރުން ދެކޮޅު ހަދައި އިންކާރު ކުރެ އެވެ.

ކޮމެންޓް

1
450
ޕޯކަމޭން
1 year ago

ރައީސް ޔާމީންގެ މައްސަލައަލީ ނެޝަނަލިއްޓަކަށް ވެ ވަޑައިގަތުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމަށް ބުނާތީ، އިންޑިއާގެ ފިއްތުމާއި އަޅުވެތި ކަމުގެ ދަށުގައި ނުވާން ބުނާތީ އެހެން ދެން ކޮން ކަމެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.