މަޖިލީހުން ޖާބިރުގެ އަޑު ކެނޑިއްޖެ، ކާށިދޫ ދާއިރާއަށް މުންތަޒިމް

މުންތަޒިމް ނިކުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ގައެވެ. އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ބޭބެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި މުންތަޒިމް އިބްރާހިމް އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ހިނގަމުންދާ މިދާ 19 ވަނަ މަޖިލީހު ގައި އެންމެ ގަދަ އަޑުގެ ގޮތުގައި ފާހަގަ ކުރެވުނު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މިއަދު އޮތް 20 ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކާށިދޫ ދާއިރާއަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރި އެވެ. ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޅ. ހިންނަވަރަށް ނިސްބަތްވާ މުންތަޒިމް އިބްރާހިމް އެވެ.

މުންތަޒިމް ނިކުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ގައެވެ. އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ބޭބެ އެވެ.

މުންތަޒިމް ވަނީ ކާށިދޫ އާއި ގާފަރުން ގައި ބެހެއްޓުނު ވޯޓް ފޮށިތަކުން ވެސް ކުރި ހޯއްދަވާ ފައެވެ. ކުރީން ލަފާ ކުރެވުނު ގޮތުން މި ފަހަރު ވެސް އިންތިހާބު ކާމިޔާބު ކުރައްވާނީ ޖާބިރެވެ. ނަމަވެސް ހައިރާން ކުރަނިވި ނަތީޖާ އަކުން ޖާބިރު ވަނީ އިންތިހާބުން ނާކާމިޔާބާއާ ކުރިމަތިލާން ޖެހިވަޑައިގަތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.