ޔާމީންގެ ފޮޓޯފުޅާއެކު ނިކުތް 35 ކެންޑިޑޭޓުންނަށް ނާކާމިޔާބު

480 ދުވަހު ޖަލު ބަންދުގައި ހޭދަ ކުރެއްވި ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވީ އިންތިހާބަށް 48 ގަޑިއިރަށްވެފައި ވަނިކޮށެވެ. އެހެން ކަމުން އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް އެކަށީގެންވާ ވަގުތެއް ލިބިވަޑައިނުގަތެވެ.

ޔާމީންގެ ތާއީދާއެކު ނިކުންނެވި ކެންޑިޑޭޓުން: އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ލިބިވަޑައިގަންނަވާ މިންވަރަށް ވޯޓެއް ލިބިވަޑައެއް ނުގަތް -- ޔާމީން | ދަ މިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލީސް އިންތިހާބަށް ނިކުންނެވި ހުރިހާ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔާމީންގެ ފޮޓޯފުޅުގައި އެމަނިކުފާނުގެ ތާއީދާ އެކު 35 ކެންޑިޑޭޓަކު ވާދަކުރި އެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ފުވައްމުލަކު ދާއިރާއަކަށް ވާދަކުރެއްވި ކުރީގެ މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަަސީމް އާއި ކެލާ ދާއިރާއަށް ވާދަ ކުރެއްވި ރައީސް މުއިއްޒުގެ ކޮއްކޯފުޅު، އަހްމަދު ޣާލިބް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް އެ ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބު ކާމިޔާބު ކުރެއްވޭ ގޮތެއް ނުވި އެވެ.

480 ދުވަހު ޖަލު ބަންދުގައި ހޭދަ ކުރެއްވި ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވީ އިންތިހާބަށް 48 ގަޑިއިރަށްވެފައި ވަނިކޮށެވެ. އެހެން ކަމުން އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް އެކަށީގެންވާ ވަގުތެއް ލިބިވަޑައިނުގަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.