ދާއިރާ ބޭނުންވީ ސައްލެ ނޫން ގޮތެއް، ގޮނޑި އަލީ މޫސައަށް

ވިހިވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު އެއް ދާއިރާ އަކީ ހޯރަފުށީ ދާއިރާ އެވެ. އެ ދާއިރާއަށް އަލީ މޫސައާ ވާދަ ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް އެވެ.

އަލީ މޫސާ (ކ) އަހްމަދު ސަލީމް (ވ)

ވިހިވަނަ މަޖިލީހުގައި ހޯރަފުށީ ތަމްސީީލު ކުރާނެ މެންބަރަކަށް ޕީއެންސީގެ ކެންޑިޑޭޓް އަލީ މޫސާ އިންތިހާބު ކޮށްފި އެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު އެއް ދާއިރާ އަކީ ހޯރަފުށީ ދާއިރާ އެވެ. އެ ދާއިރާއަށް އަލީ މޫސައާ ވާދަ ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް އެވެ. 

ސަލީމަކީ މިހާރު ވެސް ހޯރަފުށީ ދާއިރާގެ މެންބަރެވެ. ސަލީމްގެ ފަސް އަހަރުގެ ދައުރު ގައި އެ ދާއިރާއަށް -- ހާއްސަކޮށް ހޯރަފުއްޓަށް ވަރަށް ގިނަ މަޝްރޫއުތައްް ގެންގޮސްފައި ވެއެވެ. އެހެން ކަމުން އެ ދާއިރާ އިން ސައްލެ އަށް ބޮޑު ތާއީދެއް ލިބޭނެ ކަމަށް ބެލެވުނެވެ.

ނަމަވެސް އަލީ މޫސަ، އިންތިހާބަށް ނިކުންނަވާ ވަރުގަދަ ކެމްޕެއިނެއް ހިންގެވި އެވެ. އަދި ތާއީދު އިތުުރު ކުރައްވާ ހައިރާން ކުރަނިވި ނަތީޖާ އަކުން އަލީ މޫސަ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

ކޮމެންޓް

1
450
ލޮލް
4 months ago

ހުންނާނީ ރާކަނިމަސް ކެވިފަ އާރާއި ބާރު ސަލީމު ދައްކަން އުޅުނީމަ ވާގޮތް އެއީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.