ތިރީސް އަހަރު ފަހުން ހިންނަވަރު ބަދަލުވެއްޖެ، އެމްޑީޕީގެ ޖީހާން ބަލިވެ ގޮނޑި ޕީއެންސީއަށް

ހިންނަވަރު ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ. ޖީހާން އަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ.

ހިންނަވަރު ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު އަބްދުއްރަހްމާން އަދި ޖީހާން މަހްމޫދު

މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.

ހިންނަވަރު ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ. ޖީހާން އަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ޖީހާން މަހްމޫދު މި އިންތިހާބުން ބަލިވުމަކީ ސިޔާސީ ގޮތުން އެ ރަށަށް އައި ބޮޑު ބަދަލެކެވެ. ޖީހާންގެ ކުރީން ފަސް ދައުުރު ހިންނަވަރު ދާއިރާގެ މެންބަރު ކަން ކުރެއްވީ ރައީސް ސޯލިހެވެ. ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ. 

ކުރީން ވެސް ބެލެވިފައި އޮތީ މި ފަހަރު ކުޑަ ތަފާތަކުން ނަމަވެސް ހިންނަވަރު ގޮނޑި ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.