ބޮޑު ތަފާތަކުން އަބްދުއްރަހީމް ފޮނަދޫ ގޮނޑި ކާމިޔާބު ކުރައްވައިފި

މިހާތަނަށް ކަށަވަރު ކުރެވުނު ނަތީޖާ އިން ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން އަބްދުއްރަހީމް ވަނީ ކުރި ހޯއްދަވާފައެވެ.

ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ރައީސް މުއިއްޒުއާ އެކު: އަބްދުއްރަހީމް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި، ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކާމިޔާބު ކުރައްވައިފި އެވެ.

ފޮނަދޫ ދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަކުރި އެވެ. އެމްޑީޕީއާ ޑިމޮކްރެޓްސްގެ އިތުރުން އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ.

މިހާތަނަށް ކަށަވަރު ކުރެވުނު ނަތީޖާ އިން ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން އަބްދުއްރަހީމް ވަނީ ކުރި ހޯއްދަވާފައެވެ. މި ފަހަރުގެ އިންތިހާބަށް ނިކުންނެވިއިރު ވެސް ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ހޯއްދަވާނެ ކަމަށް އޮތީ ބެލެވި ފައެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި، ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކާމިޔާބު ކުރައްވާފައި މިވަނީ ވަރަށް ބޮޑު ތަފާތަކުން އެ ގޮނޑި ކާމިޔާބު ކޮށް ދެއްވުމަށް ރައީސް މުއިއްޒު، އެ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.