އަޒުހާން ގެއްލިފައިވާއިރު އޭނާއާ ގުޅުވައި އަޑުތަކެއް މިހާރު ފެތުރިފައި ވެއެވެ. އެކި ދިމަ ދިމާއަށް އެ އަޑުތައް ފެތުރިފައިވާއިރު ބައެއް މީހުން ބުނާ ގޮތުން އަޒްހާން ހުރީ ގޭންގަކުން ރަހީނު ކޮށްފަ އެވެ. އެ މީހުން އެހެން ބުނަނީ ކޮން ކަމަކަށް ބަލައިގެން ކަމެއް ސާފެއް ނުވެއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ވަނީ ގެއްލިފަ އެވެ؛ ދެން އޮތީ އޭގެ ފަހުން ފުލުހުން ދައްކާ ވާހަކަ އެވެ. އަޒުހާން އެންމެ ފަހުން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ. އަޒްހާން ހޯދުމުގެ މަސައްކަތް ކުރެއެވެ. އޭނާ ގެއްލުމުގެ ކުރީން އެންމެ ފަހަށް ފެނިފައި ވަނީ ހުޅުމާލެ ރެޑްބުލް ދަނޑު ކައިރިންނެވެ. ހުޅުމާލޭގެ ގެސްޓްހައުސްއެއް ކައިރިން ކާރެއްގައި އެ ރަށުގެ ހިޔާ އަވަށުގެ 13 ވަނަ ޓަވަރަށް އަޒުހާން، 18 ވަނަ ދުވަހު ދެއެވެ. އެޓަވަރަށް އެރުމަށްފަހު އެރޭ ފަތިހު އެ ޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އެނބުރި ގެސްޓްހައުސް ސަރަހައްދަށް ދެ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނެތެވެ. އަޒްހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހާ ހިއްސާ ކުރާން ފުލުހުން އެދެ އެވެ.
ވީނުވީއެއް ނޭންގި ގެއްލިގެން އަޒްހާން ހޯދާތާ 10 ދުވަސްވެއްޖެ އެވެ. ފުލުހުންގެ ތަހުގީގަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް އަދިވެސް އަޒްހާން ވީތަނެއް ނުވަތަ ވެދާނެ ތަނެއް އެނގޭ ވަރެއް ނުވެ އެވެ. އަޒްހާން ވީތަނެއް ނޭންގި ކުއްލިއަކަށް ގެއްލުމުން ފުލުހުންނަށް ރިޕޯޓް ކުރީ އާއިލާއިންނެވެ. އަޒްހާނަކީ އެއްވެސް މީހަކާ އެއްވެސް މައްސަލައެއް އޮތް މީހެއް ނޫން ކަމަށް އާއިލާއިން ބުނެ އެވެ.
އަޒުހާން ގެއްލިފައިވާއިރު އޭނާއާ ގުޅުވައި އަޑުތަކެއް މިހާރު ފެތުރިފައި ވެއެވެ. އެކި ދިމަ ދިމާއަށް އެ އަޑުތައް ފެތުރިފައިވާއިރު ބައެއް މީހުން ބުނާ ގޮތުން އަޒްހާން ހުރީ ގޭންގަކުން ރަހީނު ކޮށްފަ އެވެ. އެ މީހުން އެހެން ބުނަނީ ކޮން ކަމަކަށް ބަލައިގެން ކަމެއް ސާފެއް ނުވެއެވެ. އެކަމަކު ވާހަކަތައް އޮތް ގޮތުން އޭނާ ރަހީނުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި މުއާމަލާތެއްގައި ފައިސާ ހަމަކޮށް ނުދެވިގެނެވެ.
އެ ވާހަކަތަކާއި އަޑުތަކާ ގުޅުވާލައި އެއްބައި މީހުން ބުނާ ގޮތުގައި އަޒްހާން އަމިއްލައަށް ފިލީ އެވެ. މަސްތުވާތަކެތި ގަތުމަށްފަހު ބައިވަރު ފައިސާ ދޭން ހުރުމުން އެބަޔަކަށް އޭނާ ވަނީ ފިލައިފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން މީގެ ކުރިން ވެސް މީހުން ފިލައިގެން އުޅެފައިވެ އެވެ. މި ގޮތަށް ފިލާ މީހުން ގެއްލިގެން ހޯދަން ވެސް ފުލުހުން އިއުލާނު ކުރެ އެވެ. އޭގެ އެއް ހާދިސާއަކީ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވިއްކުމަށް ފަހު އަނބުރާ ބޭރަށް ފައިސާ ފޮނުވަން ދެން ޕާކިސްތާނުގައި ރަހީނު ކޮށްފައި ދިވެއްސަކު ބެހެއްޓި ހާދިސާ އެވެ. ވީނުވީއެއް ނޭންގި އޭނާ ވެސް ގެއްލިގެން ފުލުހުން އިއުލާނު ކުރި އެވެ. ގެއްލިގެން ހޯދަނިކޮށް އެނގުނީ އޭނާ ރަހީނު ކޮށްފައި ހުރި ކަމެވެ.
އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ އެންމެ ފަހުން އެރި ދެ ކާރުުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައި ވެއެވެ. އޭގެ ފަހުން މި މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ގެއްލޭ މީހުންނާމެދު އަބަދުވެސް ތަފާތު ވާހަކަތައް ދެކެވެ އެވެ. ސިއްރުތަކެއް ފޮރުވިފައި ވެސް ހުރެ އެވެ.
މިއީ ވުން އެކަށީގެންވާ އަދި ރޫލްއައުޓް ނުކުރެވޭނެ ގޮތެއް ރާއްޖޭ ކުށުގެ ވެއްޓާ ގޭންގްތަކުގެ ބާރަށް ބަލާއިރު މިފަދައިން މީހަކު ރަހީނުކޮށް ބަހައްޓާފައި ހުރުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން