ޕީއެންއެފް އޮފީހަށް ވަޑައިގެންނެވިއިރު ގައުމީ ދިދަ ހިފައިން ތިބެ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔާފައެވެ. ޖަލާއި ގޭ ބަންދުގައި އެމަނިކުފާނު ވަނީ 480 ދުވަސް ހޭދަ ކުރައްވާފައެވެ.
ވ. އާރަށު މައްސަލައި ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ރޭ ވަނީ ބާތިލުކޮށްފަ އެވެ. ހުކުމް ބާތިލު ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގެންފަ އެވެ. އެމަނިކުފާނު މިނިވަންވެވަޑައިގަތުމާ އެކު ސަޕޯޓަރުން ވަނީ އުފާފާޅުކޮށް ފައެވެ. އެމަނިކުފާނުގެ އާ ޕާޓީ -- ޕީއެންއެފް އޮފީހަށް ވަޑައިގެންނެވިއިރު ގައުމީ ދިދަ ހިފައިން ތިބެ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔާފައެވެ. ޖަލާއި ގޭ ބަންދުގައި އެމަނިކުފާނު ވަނީ 480 ދުވަސް ހޭދަ ކުރައްވާފައެވެ. އޭގެ ކުރީން އިއްވި / ފަހުން ބާތިލުކުރި ހުކުމާއި މައްސަލައިގެ ޝަރީއަތް ހިންގި ދުވަސްތަކާ އެކު ޖުމްލަ 1250 ދުވަސް ވަނީ ޖަލު ބަންދާ ގޭ ބަންދު ގައި ހޭދަ ކުރައްވާފައެވެ.