ގައުމީ ދުވަސް: ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނަނީ މުހައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.

އުތީމުގައި ބޭއްވި ދިދަ ނެގުމުގެ އިހްތިފާލު: މި ހަރަކާތް ބޭއްވި އުތީމު ގަނޑުވަރު ހިމެނޭ މައިދާނުގައި

ގައުމީ ދުވަހާއި ގުޅިގެން ހއ. އުތީމުގައި ބޭއްވި ދިދަ ނެގުމުގެ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފި އެވެ. ގައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި އުތީމު ގަނޑުވަރު މައިދާނުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުތީމުގައި ބޭއްވި ދިދަ ނެގުމުގެ އިހްތިފާލު

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން އެ މައިދާނުން އެދެކަނބަލުންނަށް މަރުހަބާ ދެންނެވީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއި ގުޅޭ ދުއާއެއް ކުރުން ވެސް އޮތެވެ.

އުތީމުގައި ބޭއްވި ދިދަ ނެގުމުގެ އިހްތިފާލު

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިހާރު އުތީމުގައި ފެށިގެން ކުރިއަށް އެބަ ދެއެވެ. އެ ޖަލްސާ އޮތީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.

ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނަނީ މުހައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.