ފުވައްމުލަކު ދެކުނު ދާއިރާ އިން ރައީސް ޔާމީނާއި އެ ޕާޓީގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ އަށް ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަ ކުރާ ނަޒުރާ ނަސީމަށް ތާއީދު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ނިންމައިފި އެވެ. ޕީއެންއެފް އިން އެ ނިންމުން ނިންމިއިރު ފުވައްމުލަކު އުތުރު ދާއިރާއަށް އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓު، މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.
މަޖިލީސް ވިހީ ގައި އެމްޑީޕީން ވާދަނުކުރާ ތިން ދާއިރާގެ ތެރޭގައި ފުވައްމުލަކު އުތުރު ދާއިރާ ހިމެނެ އެވެ. 90 ދާއިރާއަށް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ފުވައްމުލަކު ސިޓީ އޮތީ ރައީސް "މުއިއްޒު ނޫން ގޮތެއް" ހޯދުމަށް ކަމަށެވެ. ފުވައްމުލަކު ދެކުނު ދާއިރާ އިން ރައީސް ޔާމީނާއި އެ ޕާޓީގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ އަށް ކަމަށް ވިދާޅުވި އެވެ.
މަލީހް ވަނީ އެ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ މެންބަރުން ވެސް ނަޒްރާއަށް ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން ބުނީ ފުވައްމުލަކު އުތުރު ދާއިރާ އަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރެފައި ނުވާތީ ޕީއެންއެފްގެ މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށާ ހުރިހާ މެންބަރުން އޭނާއަށް ވޯޓް ދިނުމަށެވެ.