ގައުމީ ދުވަހުގެ ޖަލްސާއަށް ރައީސް އުތީމަށް ވަޑައިގެންފި

ގައުމީ ދުވަހަށް އުތީމު ވަނީ ވަރަށް ބޮޑަށް ތައްޔާރު ކޮށްފައެވެ. ރައީސްގެ ދެކަނބަލުންނަށް އުތީމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގައެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުތީމަށް ވަޑައިގަތުން

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިލަދުންމަތީ އުތުރުބުރީ (ހއ) އުތީމަށް މިއަދު ވަޑައިގެންފި އެވެ. ގައުމީ ދުވަހަކީ މާދަމާ އެވެ.

ގައުމީ ދުވަހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގެންފައިވަނީ ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ދެ ރަށަކަށް ވަޑަައިގެންނެވުމަށް ފަހު އެވެ. އެއީ ނައިވަދޫ އާއި ފިނޭ އަށެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުތީމަށް ވަޑައިގަތުން

ގައުމީ ދުވަހަށް އުތީމު ވަނީ ވަރަށް ބޮޑަށް ތައްޔާރު ކޮށްފައެވެ. ރައީސްގެ ދެކަނބަލުންނަށް އުތީމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގައެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުތީމަށް ވަޑައިގަތުން

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ މާދަމާ ހެނދުނު އެވެ. އޭގެ ކުރީން މިރޭ ފަތިހު އުތީމު، ގަނޑުވަރު މައިދާނުގައި އޮންނަ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިރޭވެސް އޮތީމުގައި ދެ ހަރަކާތެއް އޮންނާނެ އެވެ.

އެއީ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި އުތީމު ރައްޔިތުން ދެއްވާ ފަރިއްކޮޅަކާއި ސަގާފީ ހަރަކާތްތަކުގެ ޝޯ އެކެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުތީމަށް ވަޑައިގަތުން

އުތީމުގެ ކުރީން ރައީސް ވަޑައިގެންނެވި ދެ ރަށުގެ ތެރެއިން ފިނޭގައި ވަނީ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވާ އަދި މި ރަށުގައި އިމާރާތް ކޮށްފައިވާ ފެނަކައިގެ އާ އޮފީހާއި އިންޖީނުގެ ހުޅުވައިދެއްވައިފއެވެ. އަދި ނައިވަދޫގެ ފެނުގެ ހިދުމަތް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

މީގެ އިތުުރުން އ. އާއި ހދ. އަދި ށ. އަތޮޅުގައި މިހާރު ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާ ގޮތް މި ދަތުރުފުޅުގެ ތެރެއިން ރައީސް ބައްލަވާ ލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުތީމަށް ވަޑައިގަތުން

ރައީސް ސޯލިހްގެ ވެރިކަމަށް ވަޑައިގެން ހއ. އަދި ހދ. ގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރިއަށް ދިއުން ފާހަގަ ކުރެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ރޭ ވަނީ ސޮއި އަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.