މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރީކޮޅުން ފެށިގެން އިޒްރޭލުން ހުއްޓާ ނުލައި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކެއް ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސް މެދުވެރިކޮށް ގާޒާއަށް އެހީވެފަ އެވެ.
ފަލަސްތީނުގެ ގާޒާއަށް އެހީތެރި ވާން ސޮދަގާތުގެ ގޮތުގައި ރާއްޖޭގެ އެޗްޑީސީން އެއް މިލިއަން ރުފިޔާ ދީފި އެވެ.
ސޮދަގާތުގެ މި ފައިސާ އެޗްޑީސީން ހަވާލު ކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސްއާ އެވެ. މިކަން ހާމަ ކޮށްފައި ވަނީ ވެސް އެ ޖަމާއަތުންނެވެ.
އެ މީހުން ބުނީ އެޗްޑީސީން ހަދިޔާކުރި ސޮދަގާތުގެ އެއް މިލިއަން ރުފިޔާ މިހާރު އެ ޖަމިއްޔާއާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާގެ ހައްގުވެރި ފަރާތްތަކަށް ފައިސާ ފޯރު ކޮށްދީ އޭގެ ތަފުސީލުތައް ވެސް އާންމު ކުރާނެ ކަމަށެވެ.
އެޗްޑީސީން މިފަދަ ކަންކަމަށް އިސް ނަގައި އަބަދުވެސް އެހީތައް ވެދެ އެވެ.