އަމީންގެ ޝަރީއަތް ސިއްރު، އެއީ ސެންސިޓިވް ކަމުން

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަަލައިގަ ވެސް ތުހުމަތު ކުރި މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅައި ލޭބަލް ކޮށްފައިވާ މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ އަމީން -- މި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމުހަތު ކުރާ މުހައްމަދު އަމީންގެ ޝަރީއަތުގެ މިއަދުގެ މަޖިލީސް ސިއްރު ކޮށްފި އެވެ.

ދައުލަތުން އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ އެ ދެ ދައުވާ އާއި ކުރާ ތުހުމަތުތަކަށް އަމީން އިންކާރު ކޮށްފަ އެވެ.

މީގެ ކުރިން ކޯޓުން އެކުލަވައިލި ތާވަލު ބުނާ ގޮތުގައި މިއަދު އޮންނާނީ ހެކިބަސް ނަގާ ނިންމައިލުމެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދުގެ އަޑުއެހުން ސިއްރު ކުރީ "ސެންސިޓިވް" ވާހަކަތަކެއް ދައްކަން ހުރުމުން، ދިފާއީ ވަކީލުން އެދިގެނެވެ. އަޑުއެހުން ސިއްރު ކުރި ކަމަށް އިއުލާނު ކޮށްފައި ވަނީ އެ އަޑުއެހުމުގައި ބައިވެރިވާން ނޫސްވެރިންނާއި އަމީންގެ އާއިލާއިން ގޮސް ކޯޓް ރޫމް / ޗެމްބަރުގައި ތިއްބަ އެވެ.

މިމަހުގެ 13 ވަނަ ދުވަހުވެސް އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވި އެވެ. އެ ދުވަހު ވެސް ދިފާއީ ވަކީލުން އެދިގެން ސިއްރުކުރީ އެވެ.

ކުރިން ގާޒީ ހަސަން ސައީދު އެކުލަވައިލި ތާވަލުގައި ވާގޮތުން، ހުލާސާ ބަޔާން އިއްވުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކުރާ ގޮތުގައި ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. ހުކުމް ކުރައްވާނެ ވަކި ދުވަހެއް ގާޒީ އެދުވަހު ވިދާޅުވެފައެއް ނުވެ އެވެ.

އަމީންއަކީ ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމުގެ ތުހުމަތު އޮތް މީހެކެވެ. އޭނާގެ މައްސަލާގައި މީގެ ކުރީގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް ހުޅުވާލައިގެނެވެ.

އޭނާ އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަަލައިގަ ވެސް ތުހުމަތު ކުރި މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅައި ލޭބަލް ކޮށްފައިވާ މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.