އެ ބަދަލު މިއަދުން ފެށިގެން ވަނީ ގެނެސްފައެވެ. މި ރޫޓަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ހިޔާލަށް ބެލުމަށް ފަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތުގައި ހިމެނޭ R2 -- މާލެ ކާނިވަލުން ހުޅުމާލެ ފިޔަވަހި އެކަކަށް ކުރާ ދަތުރުގެ ރޫޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އެ ރޫޓަށް ދަތުރުކުރާ ބަސް ސީއެޗްއެސްއީއަށް މަޑުކުރާ ގޮތަށް ރޫޓް ދަންމާލާފައިވާ ކަމަށް ބުންޏެވެ.
އެ ބަދަލު މިއަދުން ފެށިގެން ވަނީ ގެނެސްފައެވެ. މި ރޫޓަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ހިޔާލަށް ބެލުމަށް ފަހު ކަމަށެވެ. ހާއްސަކޮށް މާލެއިން ހުޅުމާލޭ ގައި ހުންނަ ސީއެޗްއެސްއީއަށް ދަތުރުކުރާ ދަރިވަރުންނާއި މުދައްރިސުނަށް ލުއި ފަސޭހަ ކޮށް ދިނުމަށް ކަމަށް ވެސް ބުންޏެވެ.