ހޯރަފުށީ ކައުންސިލުން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވަން އެތައް ކަމެއް ކުރަމުން: ޕީއެންސީ

"ކައުންސިލްގެ މުވައްޒަފުން ކެމްޕެއިން ގައި ބޭނުންކުރުމާ ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައް ވެސް ބޭނުން ކުރަމުން އެބަދެ އެވެ"

ހޯރަފުށީ ކައުންސިލްގެ ބަައެއް މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން ސަަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕިއެމް / ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން އެ ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އަދި ހޯރަފުށީ ގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ދަނީ ބޭނުން ކުރަމުންދާ ކަމަށެވެ.

"އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިން ގައި ބޭނުންކުރުމާ ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައް ވެސް ބޭނުން ކުރަމުން އެބަދެ އެވެ. މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ވުރެ ބޮޑަށް ރަސްމީގަޑީގަ އާއި ނުރަސްމީ ގަޑީގައި ވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށެވެ،"

އެ ބަޔާނުގައި އިތުރަށް ބުނީ މަޖިލީސް އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ މީހުންނަށް ބިން ބޮޑުކޮށް ދޭނެ ކަމަށް ވެސް ބުނަމުންދާ ކަމަށާ މިއީ ކަނޑައެޅިގެން އިންތިހާބުތަކާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގު ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.