ބޭނުން ވަނީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑު: ރައީސް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ގެންދަން ބޭނުންފުޅުވެ ވަޑައިގަންނަވާ

ބޭނުންފުޅުވެ ވަޑައިގަންނަވަނީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާއި އެކަމުގައި އެންމެ ދުވަހެއްވެސް ބޭކާރު ނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފ. ފީއަލީގެ ރައްޔިތުންނާ ބައްދަލު ކުރައްވަ އެވެ. 

ރައީސް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހާ ހަގީގަތަކަށްވުމަކީ، ރައްޔިތުން އެންމެ ބޭނުންވާ ގޮތްކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާކަމަށާއި އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެކަންކަން އަވަހަށް ތަންފީޒު ކުރަން ފަސޭހަ ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.