ހިއްކެން އޮތް އެންމެ ބޮޑު މިނުގައި ފީއަލިން ބިން ހިއްކާނެ: ރައީސް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފީއަލީގައި ބިން ހިއްކައިގެން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފީއަލީގައި ވާހަކަފުޅު ދައްކަވަނީ

ފ. ފީއަލިން ބިން ހިއްކުމުގައި ހިއްކުނު އެންމެ ބޮޑަކަށް އެ ރަށް ހިއްކައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އެރަށަށް ވަޑައިގެން ރައްުޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި އެ ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ވެ ވަޑައިގެންނެވި ވައުދާ އެއްގޮތަށް ފީއަލުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ފީއަލީގައި ބިން ހިއްކައިގެން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށާއި އަދި އެއަށްވުރެ ބޮޑަށް ހިއްކޭނަމަ އެބައެއްވެސް ހިއްކައިދީ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ ބޮޑަކަށް ހިއްކާނަން. ބާކީ ފަޅުތެރޭ އޮތް ޖާގައާ އެކީގައި ރައްޔިތުން އެދޭ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންގޮސްދޭނަން،" ރައީސް މިއަދު ވިދާޅުވި އެވެ. "ބޭނުންވަނީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން." 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.