ފ. ނިލަންދޫން ގޯތި ދޫކުރަން އިއުލާން ކޮށްފި

ފ. ނިލަންދޫން ދޫ ކުރަން ނިންމާފައިވާ ގޯއްޗަށް އެދުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހު 30 ވަނަ ދުވަހު އެވެ.

ފ. އަތޮޅު ނިލަންދޫ

ފ. ނިލަންދޫން ގޯތި ދޫކުރަން އިއުލާނު ކޮށްފި އެވެ. ނިލަންދޫން ދޫ ކުރަނީ 129 ގޯއްޗެވެ. އޭގެ ތެރެއިން 96 ޗޯއްޗަކީ 2،000 އަކަފޫޓްގެ ގޯއްޗެވެ. އަދި 33 ގޯއްޗަކީ 2،800 ފޫޓްގެ ގޯއްޗެކެވެ.

ނިލަންދޫ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގައި އިސްކަން ދެނީ އެ ރަށުގައި ދިރިއުޅޭ މީހުނަށެވެ. ގޯއްޗަށް އެދުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހު 30 ވަނަ ދުވަހު އެވެ. 

ދޫކުރާ ގޯތިތަކާބެހޭ މައުލޫމާތު

  •  ގޯތީގެ ޢަދަދު: 129
  •  ގޯތީގެ ސައިޒް: 2000 އަކަފޫޓްގެ 96 ގޯތި، 2800 އަކަފޫޓުގެ 33 ގޯތި
  •  ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯތި
  •  ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން 5 ގޯތި
  •  ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން 4 ގޯތި
  •  ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯތި

ނިލަންދޫން ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ. އަދި
ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން ވެސް ހިމެނެ އެވެ. 

އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ. ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.