ކޮވިޑާ ގުޅިގެން ދޫކުރި ލޯނުގެ ގޮތުގައި ނުދައްކައި 23 މިލިއަން ރުފިޔާ އެބަހުއްޓެވެ، މިިދިޔަ ކެމްޕޭންގެ ތެރޭގައި ސޯލިހު ސަރުކާރުން ވަނީ އެ ފައިސާ ނުލިބޭނެ ކަމަށް ނިންމާފަ އެވެ.
ކޮވިޑު-19 އާ ގުޅިގެން ނެގި ލޯނުތައް އެއްކޮށް ދައްކައި ހަލާސްކޮށްފައިވާ މީހުންނަށް ލޯނަށް ދެއްކި އިންޓްރެސްޓަށް އަނބުރާ ލިބޭނެ ކަމަށް އެސްއެމްއީ ބޭންކުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮވިޑް-19 އާ ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓަށް އެރި އަދަދު މައާފުކޮށްދެއްވަން ނިންމާފަ އެވެ. ރައީސް މުއިއްޒު ނިންމެވުމުގެ ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި ލޯނުތަކުގެ އިންޓެސްޓް ކަނޑާލަ ދެއްވާނެ ކަމަށް ވައުދުވެވަަޑައިގެންފަ އެވެ.
ކަން ހިނގި ގޮތް - ރައީސް ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު ތަހައްމަލް ކުރި ކޮވިޑުގެ ނުރައްކާ ހާލަތާ ގުޅިގެން ދޫކުރި މި ލޯނުތަކުގެ އިންޓަރެސްޓަށް އެރި އަދަދު ކަނޑަލަން ނިންމެވީ އޭގެ ތިން އަހަރުފަހުން މިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގެ އެންމެ ފަހު ދުވަސްކޮޅު 23، ސެޕްޓެމްބަރުގަ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ބައެއްގެ ގޮތުގައި ހަދައި ލޯނު ދޫކުރަމުން ގެންދިޔަ އެސްޑީއެފްސީގެ މި ނިންމުން އައިސްފައިވަނީ މިތަނުން ދޫކުރި ލޯނުގެ ބައެއް ދައުލަތަށް ނުލިބޭނެ ކަމަށް ފިނޭންސުން ނިންމުމާ ގުޅިގެންނެވެ. މިގޮތުން ދޫކުރި ލޯނުގެ ތެރޭން އިންޓްރެސްޓަށް އެރި 23 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ނިންމައި އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އޮގަސްޓް މަހު ވަނީ ރައީސް އޮފީހަށް އެކަން އަންގާފަ އެވެ. އެވެ. އެކަމަކު މި ސިޓީއަށް ޖަވާބެއް ރައީސް އޮފީހަށް ދެވޭވަރުވީ ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެފަހު ދުވަސް ކަމަށްވާ ނޮވެމްބަރު 15، 2023 ގަ އެވެ. އެހެންވެ އެކަމަށް އެސްޑީއެފްސީން ލޯނު ނެގި އެއްވެސް ބަޔަކަށް މި ނިންމުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުއިއްޒު ކޮވިޑު ލޯނުގެ އިންޓަރެސްޓް ކަނޑާލަން ތަކުރާރު ކުރެއްވުމާ ގުޅިގެން އެސްޑީއެފްސީން ނެރުނު ބަޔާނެއްގައި ބުނީ އީދު ބަންދަށްފަހު މި ލުޔަށް އެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާނެ އެވެ. އަދި ކަސްޓަމަރުންގެ ލޯނުގެ އިންޓެސްޓް މައާފު ކުރުމުން އަންނަ ބަދަލުތައް ޕޯޓަލުން އެނގޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ މި ބަދަލާއެކު މިހާތަނަށް ލޯނު އިންޓަރެސްޓުގެ ގޮތުގައި ދެއްކި އަދަދު އުނިވެގެންދާނެ ކަމަށެވެ. އަދި އަންނަ ބަދަލު ކަސްޓަމަރުންގެ ޕޯޓަލުން ފެންނާނެ އެވެ.
"ލޯނުގެ ޕްރިންސިޕަލް އެމައުންޓަށް އިތުރަށް ދެއްކިފައިވާނަމަ އެ ފައިސާ އުނިވެގެންދާނެ އެވެ. މިގޮތުން އުނި ކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލްއަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެ ފައިސާ އަނބުރާ ރައްކު ކުރެވޭނެ އެވެ. މިހާތަނަށް މި ލޯނު އަނބުރާ ދައްކާފައިވާ ފަރާތްތަކަށް ވެސް އިންޓަރެސްޓަށް އެރި އަދަދު އަނބުރާ ލިބޭނެ އެވެ،" އެސްޑީއެފްސީން ބުނެފައިވެ އެވެ.