"މުއިއްޒުގެ ވެރިކަން ދިފާއު ކުރަން އެކަކު ހުރިއްޔާ އެއީ އަޅުގަނޑު"

"މީހަކާ މަސްއޫލިއްޔަތެއް ހަވާލުކޮށްފިއްޔާ އެމީހާއަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުތިޔާރު ދޭން ވާނެ. އޭރުން އެ މަސްއޫލިއްޔަތު އަދާކުރެވޭނީ،"

ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރަން އެކަކު ހުރިއްޔާ އެބޭފުޅަކީ އޭނާ ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި މިރޭ އޮތް ސަރުކާރުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހައްދުން މަތީގެ ތަރައްގީގެ ކުރިމަގާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އިކޯ ޓޫރިޒަމާއި މިނޫން ވެސް ގިނަ ބައިތައް ހިމެނޭ ގޮތަށް އެއަތޮޅު ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރަން ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏަކާއެކު މިރޭ ވަނީ ސޮއިކޮށްފަ އެވެ.

އަބްދުއްރަހީމް ވަނީ ރައްޔިތުން ބޭނުންވާ ހައްދުންމަތި ދުށުމައްޓަކައި އެ އަތޮޅުގައި ހިމެނޭ ހަތަރު ދާއިރާގެ ސަރުކާރު ކެނޑިޑޭޓުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓް ދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެ ހަތަރު ކެނޑިޑޭޓުންގެ ތެރޭގައި އޭނާ ވެސް ހިމެނެ އެވެ. އޭނާ ވާދަކުރައްވަނީ ފޮނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓުގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ހަވާލުކުރުމަށްފަހު އެ ވެރިކަން ކުރާނެ މަގު ރައްޔިތުން ދައްކަން ޖެހޭނެ ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުތިޔާރު ރައްޔިތުން އެމަނިކުފާނަށް ދޭން ޖެހޭނެ ކަމަށެވެ.

"މީހަކާ މަސްއޫލިއްޔަތެއް ހަވާލުކޮށްފިއްޔާ އެމީހާއަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުތިޔާރު ދޭން ވާނެ. އޭރުން އެ މަސްއޫލިއްޔަތު އަދާކުރެވޭނީ،" ދިވެހިންގެ ރާއްޖޭގެ ތަސައްވުރާ އެއްގޮތަށް ރާއްޖެ ތަރައްގީ ކުރެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ރާއްޖެއަށް ލިބޭނީ ހުސް ކުރިއެރުން ކަމަށާއި، ރާއްޖެއަށް އަމާންކަމާއި މިނިވަންކަން ގެނެސްދެވޭނީ ވެސް އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ، އިރާދަކުރެއްވިއްޔާ ވާދަވެރިން ކިތަންމެ ވާހަކައެއް ދެއްކިޔަސް، ކިތަންމެ ފާޑެއް ކިޔަސް އަޅުގަނޑުމެން މިތިބީ ނުގުޑާ ފަދަ އަޒުމުގައޭ. މަނިކުފާނުގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ކުރިމަތިލާނީ ނިކަން ކެރިގެން ހިތްވަރާ އެކީގަ. މަނިކުފާނުގެ ވެރިކަން ދިފާއުމުރުކަށްޓަކާ އެކަކު ސާބިތުވެ ހުއްރިއްޔާ އެމީހަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ހައްދުންމަތި ބަދަލުކޮށްލާނެ ބޮޑު ޕްރިޖެކްޓެއް ސަރުކާރުން ގެންނަން އުޅޭތީ އެކަމަށް ވެސް އޭނާ ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.