ކައްދޫ އެއާޕޯޓް އާރުއޭސީއެލަށްދީ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް

ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކުންފުންޏަށެވެ.

ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ބިން ހިއްކަން ޗައިނާ ކުންފުންޏާއެކު ސޮއި ކުރަނީ

ކައްދޫ އެއާޕޯޓް ކުންފުނީގެ ދަށުން ހިންގަމުން ދިޔަ، ލ. ކައްދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

ސަރުކާރުން ވަނީ ސިފައިންގެ އެއާޕޯޓެއްގެ ގޮތުގައި އޮތްނަމަވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސީއޭއެމްސީ އިންޖިއަރިން ކުންފުނިންނެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުތޮލިބު އެވެ. 

މި ހަފުލާގައި ވާހަކަ ދައްކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓް މިހާރު އޮތް ކުންފުނީގެ ދަށުގައި އޮތުމުން މި އެއާޕޯޓް ތަރައްގީ ކުރަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކޮށް އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. މި އެއާޕޯޓް ނިމިގެންދާއިރު މިތަނުގައި ސިފައިންގެ ވަސީލަތްތަކެއް ވެސް ހުންނާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.