އެއީ މިހާތަނަށް ބައްދަލްވެފައިވާ މީހެއް ނޫން ކަމަށާ އެފަދަ ވާހަކައެއް ވެސް އެ އަންހެން މީހާ ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށެވެ.
ޒަކާތުގެ ފައިސާ ހައްގު ނޫން ކަމަށް ބުނެ ޒަކާތް ނުދިން ކަމަށް ބުނެ އަންހެނަކު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާ ގުޅޭގޮތުން ދެއްކި ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.
އަންހެން މީހާ ބުނީ އޭނާއަކީ ކުޑަ ފަސް ކުދީން ބަލަމުންދާ މީހެއް ކަމަށާ ނަމަވެސް މި ފަހަރު އޭނާއަށް ޒަކާތު ފައިސާ ނުދިން ކަމަށެވެ. ޒަކާތް ހައްގު ނޫން ކަމަށް މިނިސްޓަރު ޝަހީމް އޭނާއަށް އެންގި ކަމަށް ވެސް ބުނެފައިވެ އެވެ.
އަންހެން މީހާ އެ ވާހަކަ ދައްކާ ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވަައިރަލް ވެފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އަންހެން މީހާ އޭނާއާ ކުދީންނަށް ޒަކާތް ހައްގު ނޫން ކަމަށް ބުނެ ހަދާފައިވަނީ ކަނޑަައެޅިގެން ދޮގެއް ކަމަށެވެ. އެއީ މިހާތަނަށް ބައްދަލްވެފައިވާ މީހެއް ނޫން ކަމަށާ އެފަދަ ވާހަކައެއް ވެސް އެ އަންހެން މީހާ ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"ރަމަޟާން ރޯދަ މަހެއް ނިންމަން ދޮގު ހެދުން ކިހާ ދެރަ ކަންކަން މި ހުންނަނީ،"
ޝަހީމް ވިދާޅުވީ ފަގީރުންގެ ދަފްތަރު ބަލަހައްޓަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިން ޒަކާތު ހައުސް އިން ކަމަށެވެ. ފަގީރުންގެ ދަފްތަރުގެ ކަންކަމަކީ އަބަދުވެސް ވަކި ނިޒާމެއްގެ ތެރެއިން ހިނގާ ކަންކަން ކަމަށާ އެއްވެސް މީހަކަށް ބޭއިންސާފެއް ނޯންނާނެ ކަމަށެވެ.
"އެއްވެސް މީހަކަށް މަކަރާ ހީލަތުން ޒަކާތުން ފައިސާ ނުހެދޭ ވަރަށް ނިޒާމު ވާނީ ހަރުދަނާ ކޮށްފައި،"
މިނިސްޓަރު ވިދާޅުވީ އަންހެން މީހާ ބުނާ ކުދީންގެ މައްސަލަ މިނިސްޓްރީން ބަލާނެ ކަމަށެވެ. އަދި އެކަމުގައި އެ ކުދީންނަށް އެއްވެސް ބޭއިންސާފެއް އޮތްނަމަ ރަނގަޅު ކުރަން އަންގާނެ ކަމަށެވެ. ޝަހީމް ވަނީ އަންހެން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާ ކޮށް ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ތީ އިދިކޮޅުން އަޑީގަތިބެގެން ކުޅޭ ޑުރާމާ.ތިމައްސަލަ ބަލާ ފިޔަވަޅުވެސް އަޅަންޖެހޭ.ދޮނގު ބުހުތާން ހަދާ މައްސަލަހަތު ގެއްލުވިގެންނުވާނެ.