އެމަނިކުފާނު މިރޭ ވިދާޅުވީ އީދު ސަލާމް ކުރެއްވުމަށް ވަގުތުކޮޅެއް ހުސްކޮށްލެއްވުމަށް ގަސްތު ކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އީދު ސަލާމް ކުރުން ކުރިއަށް ގެންދަން ނިންމަވައިފި އެވެ.
އެމަނިކުފާނު މިރޭ ވިދާޅުވީ އީދު ސަލާމް ކުރެއްވުމަށް ވަގުތުކޮޅެއް ހުސްކޮށްލެއްވުމަށް ގަސްތު ކުރައްވާ ކަމަށެވެ. ދޮޅުގަޑިއެއްހާ އިރަށް އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އީދު ސަލާމް ކޮށްލެއްވުމަށް އަޅުގަނޑާ ބައްދަލު ކޮށްލެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް މާދަމާ 2024 އޭޕްރިލް 10 ވަނަ ދުވަހު ވަގުތުކޮޅެއް ހުސްކޮށްލަން މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑު ގަސްދު ކުރަން. ހެނދުނު 9:30 އިން 11:00 އަށް މ. އެންދެރިމާގޭ ގައި،" އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ 1978 އިން 2008 ވަނަ އަހަރަށް 30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. ވެރިކަމުގައި ހުންނަވާ އެމަނިކުފާނު ވަނީ އީދު ސަލާމް ކުރެއްވުން ވަރަށް ގިނަ އަހަރުތަކުގައި ކުރިއަށް ގެންދަވާފައެވެ.
އޭގެ ފަހުން ވަޑައިގެން ހުރިހާ ރައީސުން ވެސް އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަވަ އެވެ. ރައީސް މުއިއްޒު ވެސް މާދަމާ އީދު ސަލާމް ކުރައްވާނެ އެވެ.