މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް އަށް ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ވަނީ ބަހަން ފަށާފައެވެ.
މާލޭ ގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ފައިސާ ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވި ގޮތުގައި މާލޭ ގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ފައިސާ ވަނީ ބަހަން ފަށާފައެވެ.
ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިޠތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ކަމަށާ އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވަނީ މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު އިތުރުވެފައި ކަން ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް އަށް ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ބަހަން ފަށާފައި ކަމަށެވެ. ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް ކަމަށް ވިދާޅުވި އެވެ.
"އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ. ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުން ޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށް ވެސް ފިތުރު ޒަކާތުޖް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.