"މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ. ޕާޓީގެ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވަން،" މަލީހު ވިދާޅުވި އެވެ.
ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިރޭ އެވެ. ނަމަވެސް ބާއްވާނެ ވަކި ދުވަސް އަންގާނެ ކަމަށް ބުނެ ވަނީ ފަސްކޮށްފަ އެވެ.
ނަމަވެސް ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ބުނީ މާދަމާ ރޭ 9:15 ގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ. ޖަލްސާ އޮންނާނީ ޣިޔާސުއްދީން ސްކޫލު ހޯލުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ. ޕާޓީގެ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވަން،" މަލީހު ވިދާޅުވި އެވެ.
ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރީވެސް މަލީހު ވިދާޅުވި އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްއަކުން އެ ހުއްދައެއް ނުދެ އެވެ. އެމަނިކުފާނު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ ހުއްދައާ ނުލަ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ސިޔާސީ ހަރަކާތްތަކުން ބައިވެރިވެވަޑައިގަތުން ރައީސް ޔާމީނަށް މަނަލެވެ. މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ޕީއެންއެެފްގެ ޖަލްސާތަކުގައި އުސޫލާއި ހިލާފަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޖަލްސާތަކުގައި ވާހަކަ ވެސް ދައްކަވަ އެވެ.