ޕީއެންއެފް ޖަލްސާ ފަސްކޮށްފި، ބުނީ އިދާރާތަކުގެ އެހީ ނުލިބުނީ ކަމަަށް

"ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ،" މަލީހް ވިދާޅުވި އެވެ.

ޖަލްސާ އެއް ގައި ޔާމީން އާއި ދަރިކަލުން ޒެއިން ބައިވެރިވެވަޑައިގަންނަވަނީ

ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ނިންމުމަށް ފަހު ފަސްކޮށްފި އެވެ.

ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެންމެ ވިދާޅުވީ ‏ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސް ކޮށްފައިވާ ކަމަށެވެ.

"ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ،" މަލީހް ވިދާޅުވި އެވެ.

މާދަމާ ރޭ ޖަލްސާ ޝެޑިއުލް ކޮށް ޕާޓީ އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އޮތީ އެދިވަޑައިގެންފައެވެ. ނަމަވެެސް ކަރެކްޝަނުން ނިންމީ ހުއްދަ ނުދޭށެވެ.

މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ޕީއެންއެެފްގެ ޖަލްސާތަކުގައި އުސޫލާއި ހިލާފަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޖަލްސާތަކުގައި ވާހަކަ ވެސް ދައްކަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.