ކުށުގެ ވެށީގައި 200 އެއްހާ ކުދިން، ކުށަށް ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ހަދަނީ

މިނިސްޓަރު ވަނީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވާފައެވެ.

މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން، ބައެއް މިނިސްޓަރުންނާ އެކު

ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ މި ނިންމުން އައީ އއ. ރަސްދޫ މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިރޭ އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވީ ކުޑަކުދީންނާ ގުޅޭ މައްސަލަތައް ހައްލު ކުރުމުގައި ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު މަތިކޮށްފައި އޮތުމަކީ ގޮންޖެހުމެއް ކަމަށެވެ.

މިހާރު އޮތް ގޮތުން ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވެ އެވެ.

މިނިސްޓަރު ވަނީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އޮތްގޮތުން އެ އުމުރުގެ ކުއްޖަކު ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ކުށަށް ޒިންމާ އެއް ނުކުރެވެ އެވެ.

ކުޑަކުއްޖަކަށް އެހެން ތިން ކުއްޖަކު އަނިޔާ ކުރި ހާދިސާ ހިނގީ އިހަކަށް ރޭ ތަރީވީސް ނަމާދު ވަގުތު އެވެ. އެކަން އެނގޭ މީހަކު ބުނީ ކުއްޖާ ދަމާ ނެރެ އަނިޔާ ކުރީ ތަރާވީސް ނަމާދަށް ހުއްޓާ ކަމަށެވެ. އަނިޔާކުރުމަށް ފަހު އެކަން ސިއްރު ކުރަން އެންގުމުން ކުއްޖާ އެ ވާހަކަ އޮތީ ސިއްރުކޮށްފަ އެވެ. އާއިލާ އަަށް އެކަން އެނގުނީ ވީޑިއޯ އާންމުވުމުންނެވެ.

ވީޑިއޯ ގައި ފެންނަނީ މިސްކިތުގެ ވުލޫކުރާ ބަޔަަށް ކުއްޖާ ގެންގޮސް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެ ކުއްޖާއަށް ރަބަރުގަނޑާއެކު އެއްޗެއް ކާން މަޖުބޫރު ކުރުވައެވެ. އެ ނުކެއުމުން ވަރަަށް ބާރަށް އަތާއި ފައިން އެ ކުއްޖާއަށް ހަމަލާދީ އަނިޔާ ކުރެ އެވެ.

އަދި ކުއްޖާއަށް ހުތުރުބަހުން މުހާތަބުކޮށް ތަޅުން މަތީ އިށީންނަށް މަޖުބޫރު ކުރުވައެވެ. އަދި ކުޑަކަކޫ ޖަހާ އާދޭސް ކުރުމަށް އަންގަ އެވެ. ކުއްޖާ ބިރުން ހުރެ ކުޑަކަކޫ ޖެހުމުން ބޯމަތީ ފައިން ވަރަށް ބާރަށް ޖަހަ އެވެ. މުޅި ވީޑިއޯގައި 16 ފަހަރު އެ ކުއްޖާގެ ގައިގައި އަތާއި ފައިން ވަރަށް ބާރަށް ޖަހާ މަންޒަރު ފެނެ އެވެ.

ކުއްޖާގެ މޫނު މަތީ ވަރަށް ބާރަށް އެތައް ފަހަރަކު ޖަހަ އެވެ. ކުއްޖާއަށް އަނިޔާ ކުރުން އެ މީހުން ހުއްޓާލަނީ މިސްކިތުގައި ކުރަމުން ދިޔަ ނަމާދު ނިމި އިމާމު ސަލާމް ދޭ އަޑުއިވުމުންނެވެ. 

މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި 200 ވަރަކަށް ކުދީން އުޅޭ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. އެ ކުދީން ރިހިބިލިޓޭޓް ކުުރަން ޖެހޭ ކަމަށާ އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.