މާޗް އެކަކުން ފެށިގެން އާންމު ފަރާތްތަކުން ހިދުމަތުގެ ފީއަކަށް ނަގަމުން އައީ ކިލޯއަކަށް 75 ލާރި ނަމަވެސް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ނަގާނީ ކިލޯ އަކަށް 50 ލާރި އެވެ.
ވެމްކޯ ޓްރާސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށް އެކަން އެ ކުންފުނިން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
ވެމްކޯ ޓްރާސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަ ކުރުމުގެ މަސައްކަތުގެ ދަށުން އާންމުންގެ ކުނި އުކާލުމުގެ އަގު އިތުރަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިއުލާނު ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ރައީސް ވަނީ އެ ނިންމުން ވެމްކޯ އިން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ވެމްކޯ އިން މިއަދު ބުނީ މާޗް އެކަކުން ފެށިގެން އާންމު ފަރާތްތަކުން ހިދުމަތުގެ ފީއަކަށް ނަގަމުން އައީ ކިލޯއަކަށް 75 ލާރި ކަމަށާ މީގެ ބަދަލުގައި މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ނަގާނީ ކިލޯ އަކަށް 50 ލާރީގެ މަގުން ކަމަށެވެ.
އަދި ކުނިއުކާލުމުގެ ހިދުމަތްދޭ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީ އެއް ނަގަން ވަނީ ނިންމާފައެވެ.
ވެމްކޯ އިން ބުނީ އަގަށް ގެނެވޭ ބަދަލާ އެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް، ކުނި ކިރަނެ ނިޒާމު ގާއިމު ކުރެވެންދެން ކުނީގެ ބަަރުދަން ކަމުގައި ބަލާނީ ކުނި ގެންނަ އުޅަނދު ރަޖިސްޓްރީގައި އުފުލޭ ބަރުދަނަށް ބިނާކޮށް ކަމަށެވެ.