މަތިވެރި ކުއްޖާއަށް އަނިޔާކުރީ ރަސްދޫ ދެ ކުދީން، އަނިޔާކުރީ ތަރާވީހަށް ހުއްޓާ ދަމާފަނެރެ

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދެ އެވެ.

އަނިޔާވި ކުޑަކުއްޖާ

އއ. ރަސްދޫ މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުދީން ކަމަށް ފުލުހުން ބުނެފި އެެވެ. 

ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށާ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ވަނީ ދެނެގަނެވިފައި ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ބުންޏެވެ.

"މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ދަންނަވަން،"

އަދި ބުނީ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެ ހާދިސާ ހިނގީ ރަސްދޫ ގައި ކަމަށެވެ.

އަނިޔާކުރީ ރަސްދޫ ދެ ކުދީންނެވެ. އަނިޔާވީ މަތިވެރި ކުއްޖަކަށެވެ. ކުއްޖާގެ މަންމަ އަކީ ރަސްދޫ މީހެކެވެ.

މި ހާދިސާ ހިނގީ ރޭ ތަރީވީސް ނަމާދު ވަގުތު އެވެ. އެކަން އެނގޭ މީހަކު ބުނީ ކުއްޖާ ދަމާ ނެރެ އަނިޔާ ކުރީ ތަރާވީސް ނަމާދަށް ހުއްޓާ ކަމަށެވެ. އަނިޔާކުރުމަށް ފަހު އެކަން ސިއްރު ކުރަން އެންގުމުން ކުއްޖާ އެ ވާހަކަ އޮތީ ސިއްރުކޮށްފަ އެވެ. އާއިލާ އަަށް އެކަން އެނގުނީ ވީޑިއޯ އާންމުވުމުންނެވެ.

ވީޑިއޯ ގައި ފެންނަނީ މިސްކިތުގެ ވުލޫކުރާ ބަޔަަށް ކުއްޖާ ގެންގޮސް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެ ކުއްޖާއަށް ރަބަރުގަނޑާއެކު އެއްޗެއް ކާން މަޖުބޫރު ކުރުވައެވެ. އެ ނުކެއުމުން ވަރަަށް ބާރަށް އަތާއި ފައިން އެ ކުއްޖާއަށް ހަމަލާދީ އަނިޔާ ކުރެ އެވެ.

އަދި ކުއްޖާއަށް ހުތުރުބަހުން މުހާތަބުކޮށް ތަޅުން މަތީ އިށީންނަށް މަޖުބޫރު ކުރުވައެވެ. އަދި ކުޑަކަކޫ ޖަހާ އާދޭސް ކުރުމަށް އަންގަ އެވެ. ކުއްޖާ ބިރުން ހުރެ ކުޑަކަކޫ ޖެހުމުން ބޯމަތީ ފައިން ވަރަށް ބާރަށް ޖަހަ އެވެ. މުޅި ވީޑިއޯގައި 16 ފަހަރު އެ ކުއްޖާގެ ގައިގައި އަތާއި ފައިން ވަރަށް ބާރަށް ޖަހާ މަންޒަރު ފެނެ އެވެ.

ކުއްޖާގެ މޫނު މަތީ ވަރަށް ބާރަށް އެތައް ފަހަރަކު ޖަހަ އެވެ. ކުއްޖާއަށް އަނިޔާ ކުރުން އެ މީހުން ހުއްޓާލަނީ މިސްކިތުގައި ކުރަމުން ދިޔަ ނަމާދު ނިމި އިމާމު ސަލާމް ދޭ އަޑުއިވުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.