އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

"1000 ހައުސިން ޔުނިޓް މިއީ ރަށަށް އަދި ދާއިރާއަށް އަދި އަތޮޅަށް ވެސް އޭގެ ފައިދާ ވާނެ ކަމެއް. މި މަޝްރޫއުގެ ސަބަބުން ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބ. އޭދަފުށީ ގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އޭދަފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓް ގައި ވާދަ ކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެ ދާއިރާގެ މެންބަރު ކަން މިހާރު ވެސް ކުރައްވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެމްޕެއިން ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ހަތް ރަށުގެ ތެރޭގައި އޭދަފުށި ހިމެނޭ ކަމަށެވެ.

އެފަދަ ކޮންމެ ރަށެއްގައި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށް ވިދާޅުވެ އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން އޭދަފުށީ ގައި 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ މެންބަރު ސަލީމްގެ އިހްލާސްތެރި މަސައްކަތް ވަރަށް ބޮޑަށް އޮވެ ފެށޭ މަޝްރޫއުއެއް ކަމަށެވެ.

"1000 ހައުސިން ޔުނިޓް މިއީ ރަށަށް އަދި ދާއިރާއަށް އަދި އަތޮޅަށް ވެސް އޭގެ ފައިދާ ވާނެ ކަމެއް. މި މަޝްރޫއުގެ ސަބަބުން ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ،"

ރައީސް މިރޭ ތަކުރާރު ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ 100 ޕަސެންޓް ޔަގީން ކަމާއި ތާއީދު އޮތް ކެންޑިޑޭޓެއް ސަލީމް ކަމަށެވެ. އަދި އެދިވަޑައިގަތީ ވަރަށް ބޮޑު މެޖޯރީއަކުން ސަލީމް އިންތިހާބު ކޮށް ދެއްވުމަށެވެ.

އޭދަފުއްޓަށް ނިސްބަތްވާ ސަލީމަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވީ މަޖިލީހުގައި މިވަގުތު ވެސް އެންމެ ވަރުގަދައަށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ސަލީމް ކަމަށެވެ. އެހެން ކަަމުން ދެން އަންނަ މަޖިލީހެއްގައި ސަލީމްގެ ބައިވެރިވުން ކޮންމެހެން މުހިންމު ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.