އެންމެ ޑިމޮކްރެޓިކް ލީޑަރަކީ ޔާމީން، އެއްގޮތަކަށް ވެސް ޑިމޮކްރަސީ ނެތީ ޕީއެންސީ ގައި

"ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރަސީއަށް ތަބާނުވާ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ވަނީ ޕީއެންސީ. ޕީއެންސީ ތެރޭގައި މި އޮތީ އޮޓޯކްރެސީ،"

ޕީއެންއެފުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ޑިމޮކްރަސީއަށް ތަބާނުވާ ހަމައެކަނި ޕާޓީ އަކީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ކަމަށާ އެ ޕާޓީގައި އޮތީ ރައީސް މުއިއްޒު އަންގަވާ ގޮތަކަށް ކަންކުރުމުގެ ނިޒާމެއް ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ރައީސް މުއިއްޒާއި ކޮންގްރެސް ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ އާ ޕާޓީ -- ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއި ގުޅިގެން މިއަދު ހަވީރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމެއް ގައި ޖަމީލް ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަށް ވެގެން ދާނީ ޕީއެންއެފް ކަމަށެވެ. އަދި އެ ޕާޓީއަކީ މެންބަރުން ގިނަ އެންމެ ކާމިޔާބު ޕާޓީތައް ހެއްދެވުމުގެ ވަރުގަދަ އަމާޒެއް އެބަ އޮތް ކަމަށް ވިދާޅުވެ އެ ޕާޓީގެ ފައުންޑާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.

"ރައީސް ޔާމީންފަދަ ޑިމޮކްރަސީ އަށް ޖާގަ ދެއްވާ އެހެން އެފަދަ ޕާޓީއެއް އަދި ލީޑަރެއް ނެތް،"

ޖަމީލް ވިދާޅުވީ ރާއްޖޭގައި އޮތް ކޮންމެ ސިޔާސީ ޕާޓީ އަކީ ވެސް ކޮންމެވެސް ވަރެއްގެ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކެއް ގަބޫލު ކުރާ އެ އުސޫލަށް ކަން ކުރާ ޕާޓީއެއް ކަމަށެވެ. ހާއްސަކޮށް ޕާޓީތަކުގެ އަސާސީ ގަވާއިދު ބައްޓަން ކުރެވިފައި ވަނީ އެ ހަމައިން ކަމަށް ވިދާޅުވި އެވެ. އެ ލިސްޓުން އުނިވަނީ ހަމަ އެކަނި ކޮންގްރެސް ޕާޓީ ކަމަށް ވިދާޅުވި އެވެ.

ޕީއެންއެފުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ޑިމޮކްރަސީ ގަބޫލުނުކުރާ ހަމައެކަނި ޕާޓީ އަކީ ޕީއެންސީ ކަމަށާ އެ ޕާޓީ އަކީ އެ ޕާޓީގެ ލީޑަރަކަށް ފެންނަ ގޮތެއްގެ މަތީން ކަންކަން ހިނގަމުންދާ ޕާޓީއެއް ކަމަށެވެ. އަދި އެއީ ލީޑަރަށް ފެންނަ ގޮތަކަށް ހިންގާ ޕާޓީއެއް ކަމަށް އެ ޕާޓީގެ ތަރުޖާން ވެސް އަމިއްލައަށް އިއުލާނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރަސީއަށް ތަބާނުވާ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ވަނީ ޕީއެންސީ. ޕީއެންސީ ތެރޭގައި މި އޮތީ އޮޓޯކްރެސީ،"

ޖަމީލް ވިދާޅުވީ އޭގެ އެންމެ ސާފު މިސާލަކީ ޕީޕީއެމް / ޕީއެންސީ ޕްރައިމަރީން މޮޅުވި ކެންޑިޑޭޓުން ފަހަތަށް ޖައްސުވާ / ތާއީދު ގެންގޮސް ރައީސް މުއިއްޒު ބޭފުޅުންވާ ކެންޑިޑޭޓުން ނެރެ އެއީ ސަރުކާރު ކެންޑިޑޭޓުން ކަމަށް ދައްކަވަން ކުރައްވާ މަސައްކަތް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.