އެއްވެސް ކަމެއް ނުފޮރުވާނަން، ދޮގު ހަދާ އޮޅުވައެއް ނުލާނަން: ރައީސް

"އަޅުގަނޑު އެއްވެސް ކަމެއް ނުފޮރުވާނަން. އަޅުގަނޑު ދައްކާ ވާހަކައެއް މި ދައްކަނީ އިހްލާސްތެެރިކަމާ އެކީގައި ހިތުގެ އަޑިން. ﷲ ދެކެވޮޑިގެންވާނެ ކަން ދެނެވޮޑިގެންވާ ކަން ހަނދާނުގައި ބަހައްޓައިގެން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ދޮގު ހައްދަވާ އޮޅުވާލައްވާ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު، އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ "ރައީސްގެ ޖަވާބު" ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސާ ސުވާލު ކޮށް އެ މީހާ ވަނީ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް ވާދަވެރީން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ވޭތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ތަފްސީލުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން ވާދަވެރީން އެކި ވާހަކަތައް ދައްކާ ދޮގު ފަތުރަނީ ސަރުކާރުން ކުރަމުން ގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތީމުން ކަމަށެވެ. އެހެން ކަމުން އެކި ފަހަރު އެކި ވާހަކަތައް އުފަންކޮށް ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅެއް ފޮތެއްގައި ލިޔެފައިވާ ކަމަށާ އެއީ ސީދާ އެމަނިކުފާނުގެ އިރުޝާދަށް އެމަނިކުފާނުގެ ވިސްނުންފުޅަށް ކުރައްވާފައި އޮތް މަސައްކަތެއް ކަމަށެވެ. އެ ފޮތުގައި ކެމްޕެއިން ފެށީއްސުރެ އިންތިހާބުވެ އުފާފާޅުކުރުމުގެ ޖަލްސާއާ ހަމައަށް ދެއްކެވި ހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް ލިޔެފައި ވާނެ ކަމަށާ އެހެން ކަމުން އެ ވާހަކަތައް އޮޅުވާލެއްވޭނީ ކިހިނަކުންތޯ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު އެއްވެސް ކަމެއް ނުފޮރުވާނަން. އަޅުގަނޑު ދައްކާ ވާހަކައެއް މި ދައްކަނީ އިހްލާސްތެެރިކަމާ އެކީގައި ހިތުގެ އަޑިން. ﷲ ދެކެވޮޑިގެންވާނެ ކަން ދެނެވޮޑިގެންވާ ކަން ހަނދާނުގައި ބަހައްޓައިގެން،"

ރައީސް މިއަދު ވެސް ވިދާޅުވީ އެމަނިކުފާނަކީ އޮޅުވާލާ ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދެއްވާނެ ބޭފުޅަކަށް ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ކިތަންމެ މަތީ މަގާމެއް ފުރުއްވާފައި ހުރި ބޭފުޅަކު ވެސް ދައްކަވާ ކޮންމެ ވާހަކައެއް ގަބޫލު ނުކުރެއްވުމަށާ ކަންކަމުގެ ހަގީގަތް ބެއްލެވުމަށެވެ.

"އަޅުގަނޑުމެން އެންމެންނަކީ ވެސް ތެދު ބަހުން ވާހަކަ ދައްކާ ބަޔަކަށް ވާންވީ. އަޅުގަނޑުމެން އެންމެންނަކީ ވެސް ތެދު ބަސް ގަބޫލުކުރާ މީހުންނަށް ވާންވީ،" ރައީސް އިލްތިމާސް ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.