ރައީސްގެ އުތުރު ދަތުރުފުޅު: ފުރަތަމަ މަންޒިލަކީ ނާވަައިދޫ

މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަޑައިގަންނަވާނީ ހދ. ގެ ދެ ރަށަކާއި ހއ. ގެ ދެ ރަށަކަށެވެ އެއީ ނާވައިދޫ އާއި ފިނޭގެ އިތުރުން އުތީމާއި ދިއްދޫ އެވެ. ފުރަތަމަ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނާވައިދޫއަށެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން ދަތުރުގެ ރަސްމީ ބަޔަށް ވަޑައިގަތުމަށް ހިންގަވަނީ -- ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ. ރައީސްގެ މި ދަތުރު އޮތީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ވަޑައިގަންނަވާނީ ހދ. ގެ ދެ ރަށަކާއި ހއ. ގެ ދެ ރަށަކަށެވެ. އެއީ ނާވައިދޫ އާއި ފިނޭގެ އިތުރުން އުތީމާއި ދިއްދޫ އެވެ. ފުރަތަމަ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ ނާވައިދޫއަށެވެ. ރައީސް މިވަގުުތު ހުންނެވީ ހަނިމާދޫގައެވެ. ކުޑައިރުކޮޅެއްތެރޭ ނާވައިދޫއަށް ފުރާވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ. އަދި ފެނުގެ ނިޒާމުގެ ހިދުމަތް ދޭ އެޑްމިން ބިލްޑިން ބައްލަވާއްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހަތަރު ރަށުގެކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އެގޮތުން މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން ނާވައިދޫގައި މިހާރުވެސް މުހިންމު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް މަަސައްކަތްތައް ވަނީ ނިމިފައެވެ.

  •  އާރްޓީއެލް ފެރީގެ ހިދުމަތް ވަނީ ފެށިފައި
  •  ފެނުގެ ނިޒާމުގެ މަސައްކަތް ނިމިފައި
  •  ސޯލާ ޕީވީ ސިސްޓަމް އަދި ބެޓެރި އެނާޖީ ސްޓްރޯޖް ސިސްޓަމް ގާއިމުކޮށް ނިމިފައި
  •  ސިއްހީ މަރުކަޒު ވަނީ ތަރައްގީކޮށްފައި
  •  ނަރުދަނާ ނިޒާމުގެ މަސައްކަތް ދަނީ ކުރިއަށް
  •  ސުކޫލް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް
  •  ސުކޫލުގެ ވަށާ ފާރު ރޭނުގެ މަސައްކަތް
  •  ބަނދަރު މަރާމާތު ކުރުމާއި ނެރުގެ ފައި ކަށި ބަދަލުކުރުން (ކޮންޓްރެކްޓްކޮށްފައި)
  •  ގޮނޑުކޮށް ހިމާޔަތް ކުރުން (ޕްރީ ޓެންޑަރިންގައި)
  •  ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (ޕްރީ ޓެންޑަރިންގައި)
  •  ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުން (ކޮންޓްރެކްޓްކޮށްފައި)
  •  ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން (ކޮންޓްރެކްޓްކޮށްފައި)

ދެވަނަ ރަށަކަށް ފިނޭ

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންނަވާނީ މި އަތޮޅު ފިނޭ އަށެވެ. މިއަދު މެންދުރު އެ ރަށަށް ވަޑައިގެން ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި ފިނޭގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުއްވައި ދެއްވާނެ އެވެ. މި ދެ ރަސްމިއްޔާތުވެސް އޮންނާނީ އެކު އެކީއެވެ.

އޭގެ ފަހުން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން ފިނޭގައިވެސް މުހިންމު މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ. ބައެއް މަަސައްކަތްތައް ވަނީ ނިމިފައެވެ.

  •  އާރްޓީއެލް ފެރީގެ ހިދުމަތް ވަނީ ފެށިފައި
  •  ފެނާއި ނަރުދަނާ ގާއިމުކޮށް ނިމިފައި
  •  ފުޓްސަލް ދަނޑު ތަރައްގީ ކޮށް ނިމިފައި
  •  ސޯލާ ޕީވީ ސިސްޓަމް އަދި ބެޓެރި އެނާޖީ ސްޓްރޯޖް ސިސްޓަމް ގާއިމުކޮށް ނިމިފައި
  •  އާ އިންޖީނުގޭގެ މަސައްކަތް ނިމިފައި
  •  މަގު ބައްތި ޖެހުމުގެ މަސައްކަތް ނިމިފައި
  •  ބަނދަރު މަރާމާތު ކުރުން
  •  
  •  ސުކޫލް އައު އިމާރާތް (މަލްޓި ޕާޕަސް ހޯލް) ތަރައްގީކުރުން
  •  ސިއްހީ މަރުކަޒުގެ ވަށާފާރު ނޭރުން
  •  ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުން
  •  ފުޓްބޯޅަ ދަނޑު ތަަރައްގީ ކުރުން
  •  ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް
  •  4000 ވިލޯވޯޓްގެ އައު ޖަނަރޭޓަރެއް ފޮނުވުން

ރައީސުލްޖުމްހޫރިއްޔާގެ އުތުރު ދަތުރުފުޅުގައި މިއަދު ހަވީރު އުތީމަށް ވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެެކަނބަލުންގެ ޝަރަފުގައި އުތީމު ރައްޔިތުން ދެއްވާ ޖާފަތެއް މިރޭ އޮންނާނެ އެވެ. އަދި ތަކުރުފާނު ވާހަކަ އާއި ބައެއް މުނިފޫހިފިލުުވުމުގެ ހަރަކާތްތަކާއެކު ޝަގާފީ ޝޯއެއްވެސް އުތީމުގައި މިރޭ އޮންނާނެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްނމީ ޖަލްސާ އޮންނާނީ އުތީމުގައެވެ. އެ ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން މިރޭ ފަތިހު އުތީމު، ގަނޑުވަރު މައިދާނުގައި އޮންނަ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހއ. އާއި ހދ. އަދި ށ. އަތޮޅުގައި މިހާރު ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާ ގޮތް މި ދަތުރުފުޅުގެ ތެރެއިން ރައީސް ބައްލަވާ ލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހްގެ ވެރިކަމަށް ވަޑައިގެން ހއ. އަދި ހދ. ގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރިއަށް ދިއުން ފާހަގަ ކުރެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ރޭ ވަނީ ސޮއި އަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.