އެކްސިޑެންޓް ގައި ނިޔާވި ލަޔާންގެ ކޯސް ފީ މާފުކޮށްދީފި

ވަރަށް ރީތިކޮށް ގުރުއާން ވެސް ކިޔަވާ އަދި ގުރުއާނުން 25 ފޮތް ހިތު ދަސްކޮށްފައިވާ ލުއްލު އަކީ ކިޔެވުމަށް މޮޅު ދަރިވަރެކެވެ.

ލަޔާން ޝަރީފް

ހުޅުމާލެ، އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ލ. ދަނބިދޫ، އަތަމާގެ މުހައްމަދު ލަޔާން ޝަރީފް (ލުއްލު) ގެ ކޯސް ފީ މާފުކޮށްދޭން ނިންމާ އެކަން ގައުމީ ޔުނިވާސިޓީން އާއިލާއަށް އަންގައިފި އެވެ.

މިދިޔަ މަހުގެ ތިންވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި ވަރަށް ބޮޑަށް އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް ލުއްލު ނިޔާވީ ހަތްވަަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ.

އޭރު ލުއްލު ގެންދިޔައީ ގައުމީ ޔުނިވާސިޓީ ގައި މެނޭޖްމަންޓް ކޯހެއް ގައި ކިޔަވަމުންނެވެ. ލުއްލު ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔާ ޔުނިވާސިޓީން ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ކޯހުގެ ފީއަށް ވާ ފައިސާ މާފުކޮށް ދޭން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ވަރަށް ރީތިކޮށް ގުރުއާން ވެސް ކިޔަވާ އަދި ގުރުއާނުން 25 ފޮތް ހިތު ދަސްކޮށްފައިވާ ލުއްލު އަކީ ކިޔެވުމަށް މޮޅު ދަރިވަރެކެވެ.

އެކްސިޑެންޓް ގައި އޭނާ ދުއްވި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ސައިކަލް ޖެހުނު ވޭން ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.