ކޯޓު އަމުރު އެނގޭ ގޮތުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ކިޑްނެޕް ކުރި މީހާ ގެއަކަށް ގެންގޮސް އެމީހާއަށް ތޫނު އެއްޗެހި ބިރުދައްކާ އަދި މާރާމާރީ ހިންގާފައިވެ އެވެ.
ގްރޫޕަކުން މީހަކު ކިޑްނޭޕް ކުރުމަށް ފަހު އެ މީހާއާއެކު މާރާމާރީ ހިންގައި ފޭރުނު މައްސަލައެއްގައި މީހަކު ބަންދު ކޮށްފި އެވެ.
މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހެކެވެ. އޭނާ އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަހު ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓު އަމުރު އެނގޭ ގޮތުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ކިޑްނެޕް ކުރި މީހާ ގެއަކަށް ގެންގޮސް އެމީހާއަށް ތޫނު އެއްޗެހި ބިރުދައްކާ އަދި މާރާމާރީ ހިންގާފައިވެ އެވެ. އަދި އިތުރު ކުށްތަކަށް އަރައިގަތުމުގެ ތުހުމަތު އޮތް ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއީ ކޮން ކުށްތަކެއް ކަމެއް ބަޔާންކޮށްފައެއް ނެތެވެ.
މި މައްސަލައިގައި ތުހުމަތު ކުރާ ކުށްތަކަކީ ފޭރުމާއި ތޫނު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމުގެ އިތުރުން މާރާމާރީ ހިންގުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމެވެ.
މި މައްސަލައިގައި އިތުރު ބަޔަކު އިއްޔެ ބަންދު ކޮށްފައެއް ނުވެ އެވެ.