"ޔާމީން އެ ވިދާޅުވަނީ ޖަމީލާއި މަލީހް މުޒާހަރާތަކުގައި ބައިވެރިނުވާ ވާހަކަ"

"މި ބޭފުޅުންގެ ހިތްވަރެއް ނެތޭ. އަޅުގަނޑަށް ފެނިގެން ދިޔައޭ ޖަލުގައި ހުރިއިރު ތި މުޒާހަރާތައް ދަނީ ކިހިނެތްކަން. އެއަކު ނެތޭ އާރެއް. ތި މުޒާހަރާތަކަށް ނުނިކުންނަ ވެރީން ވެސް އެބަ ތިބި،" ޕީއެންއެފް ޖަލްސާއެއްގައި ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް / ޕީއެންސީގެ މަޖިލީސް އިންތިހާބުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު މިއަދު ނޫސްވެރިންނާ މުހާތަބު ކުރައްވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުން އެމަނިކުފާނު މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް / ޕީއެންސީ ލީޑަރުން ކުރީ އާރެއް ނެތް މުޒާހަރާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވުމުން ޕީއެންސީން އެކަމަށް ރައްދު ދީފި އެވެ.

ޔާމީން ވިދާޅުވެފައި ވަނީ އެ މުޒާހަރާއަށް ނުނިކުންނަން ބައެއް މީހުންނަށް އަންގާފައި އެބަހުރި ކަމަށާއި، އެކަމަށް ޝަރުތުކޮށް ދެ ޕާޓީގެ ލީޑަރުން އެކި މީހުންނަށް ކަންކަން ކޮށްްދީފައިވާ ކަމަށެވެ. 

"މި ބޭފުޅުންގެ ހިތްވަރެއް ނެތޭ. އަޅުގަނޑަށް ފެނިގެން ދިޔައޭ ޖަލުގައި ހުރިއިރު ތި މުޒާހަރާތައް ދަނީ ކިހިނެތްކަން. އެއަކު ނެތޭ އާރެއް. ތި މުޒާހަރާތަކަށް ނުނިކުންނަ ވެރީން ވެސް އެބަ ތިބި،" އިއްޔެ ރޭ އޮތް ޕީއެންއެފް ޖަލްސާއެއްގައި ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީޕީއެމް / ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުސް އިންތިހާބުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމުން އެ ދެ ޕާޓީން ކުރި މުޒާހަރާތަކުގެ ތަފާސްހިސާބު ބަރާބަރަށް ބަލަހައްޓާފައި ވާނެ ކަމަށެވެ.

އެގޮތުން، ކޮންމެ ރެއަކު ހައްޔަރު ކުރަނީ ކިތައް މީހުން ކަމާއި، މުޒާހަރާތަކުގެ ކުރީ ސަފުގައި ތިބެނީ ކިތައް މީހުން ކަމާއި އަދި ތަކުރާރުކޮށް ކޮންމެ ރެއަކު ހައްޔަރުކުރާ މީހުންނަށް ދާންދެން ތަފާސްހިސާބު ބަލަހައްޓާފައިވާނެ ކަމަށެވެ.

އެ ކަންކަން ޓީވީ ޗެނަލްތަކުން ލައިވްކުރި ކަމަށާއި އެ ފޮޓޯޓައް އަދިވެސް ފެންނަން ހުންނާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެ ވިދާޅުވި ވާހަކަފުޅަކީ މިހާރު އެންމެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ޑރ. ޖަމީލް އަދި މަލީހް މުޒާހަރާގަ ބައިވެރިނުވާ ވާހަކަހެން ހީވަނީ،" ރައީސް ޔާމީނަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުން ބޭފުޅުން ތިއްބެވުމުން ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގައި އެމަނިކުފާނު ޖަލުން ސަލާމަތްވާން ބޭނުންވާ އެއް ބޭފުޅަކު ނެތްކަން މިހާރު ސާފުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް އެހާ ފަނޑުކޮށް މުޒާހަރާތައް ގެންދިޔައީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެގޮތަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަން ވެސް ހަގީގަތުގައި ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރައްދެއް ދޭން ޖެހުނީ ނޫސްވެރިން ސުވާލު ކުރާތީ ކަމަށެވެ.

ވ. އާރަށު މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގައެވެ. އޭގެ ކުރިން ގއ. ވޮޑުމުލާ މައްސަލައިގައި ފަސް އަހަރަށް ޖަލަށްލާން ހުކުމެއް ކުރި އެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ލީޑާޝިޕުންނާއި ސަޕޯޓަރުން ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.