މި މައްސަލަ ކުރިމަތިވި އިރު މީގެ ކުރީން ޑީއާރްޕީން މޯލްޑިވިއަން ދައްކަން ޖެހޭ 510497ރ. ގެ މައްސަލާގައި ވެސް ކޯޓަށް ދިޔަ އެވެ.
މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އައިލެންޑް އޭވިއޭޝަން ސާވިސްގެ މޯލްޑިވިއަނުން ނަގާފައިވާ ޓިކެޓްތަކާއި ޗާޓަރު ކުރި ފްލައިޓްތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކާ ހަލާސް ކުރަން އެ ޕާޓީއަށް އަންގައި މުހުލަތުތައް ދިނުމަށް ފަހު އެމްޑީޕީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
އެމްޑީޕީން މޯލްޑިވިއަނަށް ނުދައްކާ 5.6 މިލިއަން ރުފިޔާ އެބައޮތެވެ. އަދި އެ ފައިސާ ހޯދަން އެކި ފަހަރު މަތީން އެމްޑީޕީއަށް ސިޓީ ފޮނުވައިގެން ވެސް އެ ބިލްތަކަށް ފައިސާ ދައްކާފައެއް ނުވެ އެވެ.
"މިރާ" ނޫހަށް އެނގިފައިވާ ގޮތުން އެމްޑީޕީން އެއްބަސްވެފައި ވަނީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ތެރޭގައި ފައިސާ ދައްކާ ނިންމާށެވެ. އެމްޑީޕީން ނުދައް އޮތް ފައިސާގެ ޖުމްލަ އަދަދަކީ ފައިސާ 5،629،861ރ. އެވެ.
އެ ފައިސާ މިދިއަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސް ނުކޮށްފިނަމަ މޯލްޑިވިއަންއަށް ނުލިބި ހުރި އެ ފައިސާ ހޯދުމުގެ ޝަރުއީ މަރުހަލާ ފަށާ ކޯޓަށް ދާނެ ކަމަށް ކުރިން ބުނެފައި ވެސް ވެއެވެ.
މި މައްސަލަ ކުރިމަތިވި އިރު މީގެ ކުރީން ޑީއާރްޕީން މޯލްޑިވިއަން ދައްކަން ޖެހޭ 510497ރ. ގެ މައްސަލާގައި ވެސް ކޯޓަށް ދިޔަ އެވެ.
އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަން ވެސް އެންގި އެވެ. އެއީ ރައީސް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އިލެކްޝަނުން އެ ޕާޓީ އުވާލަން ނިންމި އިރު ވެސް އެ ޕާޓީ އެ ދަރަނި ހަލާސް ނުކޮށް އެބައޮތެވެ.
މީގެ އިތުރުން 2018 އިގެ ރިޔާސީ ކެމްޕޭނުގައި ޕީޕީއެމުން އެ ޕާޓީގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރު ކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން ވެސް އެ ކުންފުނިން ކޯޓުގައި ދައުވާ ކޮށްފައި ވެއެވެ.