ފުލުސް ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަަށެވެ.
މާލޭގެ ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ނެގި ވަގުކަލޭގެ ހޯދާ ފުލުހުންގެ ބަންދަށް ގެންގޮސްފި އެވެ.
އެ މިސްކިތުން ފަންކާ ވަގަށް ގެންދާ މަންޒަރު ދައްކުވައިދޭ ވިޑިއޯކޮޅެއް އާންމު ކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ ތިން ރޭ މަތިން ތަގުވާ މިސްކިތަށް ވަގުން އަރައި އެ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.
އަދި ބުނީ އެ މިސްކިތުން ފަންކާތައް ވަގަށް ނަގާ ވީޑިއޯ ފުޓޭޖް ފުލުހުންނާއި ހިއްސާ ކޮށްފައި ވެސް ވާނެ ކަމަށެވެ.
ފުލުސް ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަަށެވެ.
ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދިޔައިރު މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ އިހަށް ރޭ ވަނީ ވަގަށް ނަގާފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ކުށް ހިންގި ތަނަށް ހާޒިރުވެ ކުށުގެ ވެށީން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.
ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ގިނަވެފައި ވެއެވެ.