ބީއެމްއެލް އިން މިއަދު ވަނީ ކޮވިޑާ ގުޅިގެން ބްލޮކްކޮށްފައިވާ މާޗަންޓުން އަންބްލޮކް ކޮށްފަ އެވެ. އެގޮތުން، އެ ފަހަރު ބްލޮކް ކުރި މާޗަންޓް ސައިޓްތައް ދޫކޮށްލައި ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ.
މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބީއެމްއެލްއިން ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތް ކުރެވޭ ގޮތް ހަމަޖެއްސުމަކީ ކުދި ވިޔަފާރިތަކާއި ފްރީލާންސަރުންގެ ކާމިޔާބީއަށް ލިބިގެންދާ މުހިންމު ތަރައްގީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން މިއަދު ވަނީ ކޮވިޑާ ގުޅިގެން ބްލޮކްކޮށްފައިވާ މާޗަންޓުން އަންބްލޮކް ކޮށްފަ އެވެ. އެގޮތުން، އެ ފަހަރު ބްލޮކް ކުރި މާޗަންޓް ސައިޓްތައް ދޫކޮށްލައި ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ.
އެކަމަށް މިނިސްޓަރު ސައީދު މިއަދު ވަނީ ބޭންކަށް މަރުހަބާއާއެކު ޝުކުރު ދަންނަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޑޮލަރުން މުއާމަލާތްކުރަން ފަސޭހަވެގެންދާނެ ކަމަށެވެ. މިއީ އެމީހުންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ބޭންކުން މި ބަދަލު ގެނެސްފައި ވަނީ އެ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ ކަންކަމުގައި ލުއިތަކެއް ދިނުމަށެވެ.
މި ބަދަލާއެކު ޑޮލަރު އެކައުންޓަށް ލިންކް ކޮށްފައިވާ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑާއި މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުން ކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ލިބިގެނެވޭނެ އެވެ. މީގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުން ވެސް މި މުއާމަލާތް ހިންގަން މަގުފަހި ވެގެންދާނެ އެވެ.