އެއާޕޯޓު ލިސްޓުގައި ދާންދޫ ހިމަނަން އެދެފި

ޔައުގޫބު އެދިވަޑައިގެންނެވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއާޕޯޓް ތަރައްގީކުރާ ރަށްތަކުގެ ލިސްޓަށް ދާންދޫ ދާއިރާއަށް ބަޖެޓު ކޮށްފައިވާ އެއާޕޯޓް އަލުން އިއުލާންކޮށް ދެއްވުމަށެވެ.

އެއާޕޯޓު އަޅާ ލިސްޓުގައި ގއ. ދާންދޫ ހިމަނަން ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު އެދިވަޑައިގެންފި އެވެ.

އެމްޑީޕޫގެ އެ މެންބަރު، ޔައުގޫބް، ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ އަތޮޅުވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މިދިއަ ފެބުރުއަރީ މަހުގެ ސަރުކާރުން ސޮއި ކޮށްފައިވާ ކަމަށާއި އޭގެ ފަހުން ކޫއްޑޫ އޮޕަރޭޝަން ހުއްޓި ދާއިރާގެ ރައްޔިތުން އެއާޕޯޓަށް ކުރަންޖެހޭ ދަތުރުގެ ވަގުތު އިތުރަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

''...މިއީ މިހާރުވެސް މި ދެމެދުގައި ހޭދަވާ ވަގުތުތަކަށް އިތުރު ދަތިތަކާއި ބުރަ މި ދާއިރާގެ ރައްޔިތުންނަށް އުުފުލަންޖެހޭ ކަމެއްކަން އިއްޒަތްތެރި ރައީސަށް ހަނދުމަ ކޮށްމެވެ،'' އޭނާގެ ސިޓީގައި ވެއެވެ.

މި އަހަރުގެ ބަޖެޓުގައި އެ ދާއިރާގައި އެއާޕޯޓެއް އަޅަން ހިމަނާފައިވާއިރު ގިނަ ރައްޔިތުން ދެކޭ ގޮތުގައި އެއާޕޯޓު އަޅަން އެންމެ އެކަށީގެންވާ ރަށަކީ ދާންދޫ އާއި ވޮޑަމުއްލާ އާދި ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެނެވެ. އަދި އެއާޕޯޓުގެ ޕްރޮޖެކްޓުގެ ކޮންސެޕްޓާ ކުރެހުންތަކެއް ވެސް އެ ސިޓީއާ އެކު ޔައުގޫބް ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

އޭނާ އެދިވަޑައިގެންނެވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއާޕޯޓް ތަރައްގީކުރާ ރަށްތަކުގެ ލިސްޓަށް ދާންދޫ ދާއިރާއަށް ބަޖެޓުކޮށްފައިވާ އެއާޕޯޓް އަލުން އިއުލާންކޮށް ދެއްވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.