ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ނަގައިފި

ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ގިނަވެފައި ވެއެވެ.

ތަގުވާ މިސްކިތަށް ވަގަކު އަރައި އެ މިސްކިތުން ފަންކާއެއް ވަގަށް ނަގައިގެން ގެންދަނީ

މާލޭގެ ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންގޮސްފި އެވެ.

އެ މިސްކިތުން ފަންކާ ވަގަށް ގެންދާ މަންޒަރު ދައްކުވައިދޭ ވިޑިއޯކޮޅެއް އާންމު ކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ތިން ރޭ މަތިން ތަގުވާ މިސްކިތަށް ވަގުން އަރައި އެ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި ބުނީ އެ މިސްކިތުން ފަންކާތައް ވަގަށް ނަގާ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާ ކޮށްފައި ވެސް ވާނެ ކަމަށެވެ. 

ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދިޔައިރު މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ރޭ ވަގަށް ނަގާފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ކުށް ހިންގި ތަނަށް ހާޒިރުވެ ކުށުގެ ވެށީން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ގިނަވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.