ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ.
މިދިޔަ ފެބްރުއަރީ މަހު މުދަލުގެ އަގު މޭވާގެ ބާވަތްތަކުގެ އުފުލުނު އިރު ތަރުކާރީގެ ބާވަތްތަކުން އަގު ދަަށްވެފައިވާ ކަމަށް ދައްކައިފި އެވެ.
ތަފާސް ހިސާބުތައް ބަލަހައްޓާ ދައުލަތުގެ އިދާރާ ސްޓެޓިސްޓިކް ބިއުރޯ އިން އެއްކުރި މުދާ ޓުކުރީގައި ހުރި ތަކެތީގެ އަގުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ މައްޗަށް އަގު އުފުލިގެން ގޮސްފައި ވަނީ ތަރުކާރީ އެވެ.
ތަރުކާރީގެ އަގުތައް ހުރީ +7.35 ޕަސެންޓުގަ އެވެ. އަދި ހިދުމަތުގެ ތެރޭން އެންމެ ބޮޑަށް ބޮޑުވެފައި ވަނީ ކަރަންޓުގެ އަގުތަކެވެ. ކަރަންޓުގެ އަގުތައް ވަނީ +3.92 ޕަސެންޓު އުފުލިފަ އެވެ. އަދި އެއްގަމު މަހުގެ އަގުތައް ވެސް ހުރީ +3.21 ޕަސެންޓުގަ އެވެ.
ސްޓެޓިސްޓިކް ބިއުރޯގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ މޭވާގެ އަގުތައް ހުރީ -2.83 ޕަސެންޓުގަ އެވެ. އަދި ދެވަނައަށް އަގު ދަށަށް ދިޔަ ކިރާއި ކުކުޅު ބިމުގެ އަގުތައް ހުރީ -1.22 ޕަސެންޓުގަ އެވެ. އަދި ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަގުތައް ހުރީ -1.60 ޕަސެންޓުގަ އެވެ.
މުޅި ހުރިހާ ބައިތަކެއް އެއްކޮށް ބަލާއިރު ފެބްރުއަރީ މަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ކިޔާނަމަ ރާއްޖޭގައި އަގުތައް މައްޗަށް ގޮސްފައި ވަނީ 0.45 ޕަސެންޓަށެވެ. އެކަމަކު މި އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި މި އަހަރުގެ ފެބްރުއަރީ މަސް ވަކިން ބަލާނަމަ ތަފާތެވެ. މި މުއްދަތުގައި އަގުތައް ވަނީ 1.12 ޕަސެންޓަށް އުފުލިފަ އެވެ.