މި ދެ މީހުންގެ މައްސަލަ ފެންމަތިވި އިރު ރާއްޖޭގައި އެހެން ދީންތައް ފަތުރަން ބާރު އަޅައި އެ މަސައްކަތް މީގެ ކުރީން ވެސް އެތައް ފަހަރެއްގެ މަތީން ކޮށްފައި ވެއެވެ.
ހުޅުމާލެއަށް ނަސޯރާ ދީނުގެ ކާޑުތަކެއް ބެހި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ދެ މީހުން ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ދެ މީހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މެއިލް ބޮކްސްތަކަަށް ބައިބަލްގެ ދިވެހި ތަރުޖަމާ ބެލޭނެ ލިންކު ކާޑުތަކެއް އަޅައިފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ ދެ މީހުނަކީ ޖަރުމަނުން ރާއްޖެ އައިސް އުޅުނު ދެ މީހުނެވެ.
މި ދެ މީހުންގެ މައްސަލަ ފެންމަތިވި އިރު ރާއްޖޭގައި އެހެން ދީންތައް ފަތުރަން ބާރު އަޅައި އެ މަސައްކަތް މީގެ ކުރީން ވެސް އެތައް ފަހަރެއްގެ މަތީން ކޮށްފައި ވެއެވެ.