ގްރީން ފަންޑަށް އަތެއް ނުބާނާ ؛ ފަންޑުގެ ޖަމާ ބޮޑުތަނުން އިތުރު ވެއްޖެ

މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ފަންޑުން 74 މިލިއަން ރުފިޔާ ސަރުކާރުން ނެގި އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ނެގީ 138،000ރ. އެވެ.

ވީއައިއޭގައި ޓޫރިސްޓުންތަކެއް: މި އަހަރު ގްރީން ޓެކުގެ ހަރަދު މަދު -- މުހައްމަދު ޔާމީން / މިރާ

ގްރީން ޓެކްސް ނަގަން ފެށީ ތިމާވެށި ހިމާޔަތް ކުރުމަށެވެ. އެކަމަކު މިހާތަނަށް ފެންނަމުން ގޮސްފައިވަނީ މި ފަންޑުން އެހެން ކަންކަމަށް ހަރަދު ކުރަން އަތް ބާނައިގެން ފައިސާ ނަގަ އެވެ. އެހެންވެ މިދިޔަ އަހަރު ނިމުނުއިރު އެ ފަންޑުގައި ހުރީ 798 މިލިއަން ރުފިޔާ އެވެ. އެކަމަކު މި ފަންޑުން ކުރާ ހަރަދުތައް މަދުވުމާއެކު ތިމާވެށީގެ ކަންކަމުގައި ފަހަށް ރައްކާ ކުރާ ފަންޑު މި ފަންޑު މިދިޔަ އަހަރަށްވުރެ 98 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. 

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެ ފަންޑުގެ ބެލެންސުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އެ ބަހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުރީ 798 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ މިހާތަނަށް މި ފަންޑުން ކޮށްފައިވަނީ ނިސްބަތުން މަދު ހަރަދެކެވެ. ޖެނުއަރީ މަހު މި ފަންޑުން ހަރަދު ކޮށްފައި ވަނީ 138,907.8 ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ފަންޑުން 74 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. 

ޖެނުއަރީ މަހު ފަންޑުން ކުރި ހަރަދު

  •  ސްމޯލް ސްކޭލް ވޭސް އެނާޖީ ޕްރޮޖެކްޓް - 20,795.6ރ
  •  ވޯޓާ ސަޕްލައި ސުވަރޭޖް ޕްރޮޖެކެޓް - 84,318.2 ރ.
  •  ގްރޭޓާ މާލެ ވޯޓާ އެނާޖީ ޕްރޮޖެކްޓް - 1,008.6ރ.
  •  ސަދަން މެރިން މާކް މެނޭޖުމަންޓް ޕްރޮޖެކްޓް - 32,785.4 ރ.

ޖެނުއަރީ މަހު މި ފަންޑަށް 99 މިލިއަން ރުފިޔާ ޖަމާވެފައި ވެއެވެ. އެކަމަކު މި އަދަދަކީ މިދިޔަ އަހަރު ލިބުނު 100 މިލިއަން ރުފިޔާއަށްވުރެ ދަަށް އަދަދެކެވެ. މި އަހަރު ރިސޯޓް ތަކަށް ގްރީން ޓެކުހުގެ ގޮތުގައި 89 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 92 މިލިއަން ރުފިޔާ އެވެ. މި އަހަރު ސަފާރީތަކަށް ގްރީން ޓެކުހުގެ ގޮތުގައި 2,5 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ. މި އަހަރު ގެސްޓްހައުސްތަކަށް ގްރީން ޓެކުހުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު 4,4 މިލިއަން ރުފިޔާ ލިބުނެވެ، 

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.