އެންމެ ފަހުން އަޒްހާން ފެނުނީ ކާރަކަށް އަރަނިކޮށް

ސެޕްޓެމްބަރު 18 ވަނަ ދުވަހު އެއްވެސް މީހަކަށް އަޒްނާ ފެނިފައިވާ ނަމަ އަދި އެ ސަރަހައްދުން ދަތުރު ނެގި ކާރެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވެސް އެދިފައި ވެއެވެ.

މީގެ ހަ ދުވަސް ކުރީން މިދިއަ ހޯމަ ދުވަހު ހުޅުމާލޭގެ ހިޔާ އަވަށުން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލޭން ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި ވާހަކަ ބުނީ ކުއްލި ގޮތަކަށް ބަޔާނެއް ނެރުމަށް ފަހު އެވެ.

ފުލުހުންގެ އެ ބަޔާނުގައި ބުނެފައި އޮތީ އަޒްހާން އެންމެ ފަހުން ފެނުނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ހިޔާއަވަށުގެ 13 ވަނަ ޓަވަރު ކައިރިން ކާރަކަށް އަރަނިކޮށް ކަމަށެވެ. ނަމަވެސް އެއީ ކޮން ކާރެއްކަން އަދި މިހާތަނަށް ނުހޯދޭ ކަމަށެވެ.

ހިޔާއަވަށުން ގެއްލުން މީހާ

  •  ނަން: މުހައްމަދު އަޒްހާން
  •  އުމުރު: 27 އަހަރު
  •  ހ. ބޮނޑިކަނދޮޅުގެ
  •  ގެއްލުނީ: ސެޕްޓެމްބަރު 18 ގައި

ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާ ކަމަށާއި އެ ދުވަހުގެ 4:53 އެހާކަންހާއިރު ހުދު ކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަ ކުރެވުނު ކަމަށާއި އިތުރު ފުޓޭޖުތައް ބަލައި އެ ހުދު ކާރު ދެނެގަތުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ސެޕްޓެމްބަރު 18 ވަނަ ދުވަހު އެއްވެސް މީހަކަށް އަޒްނާ ފެނިފައިވާ ނަމަ އަދި އެ ސަރަހައްދުން ދަތުރު ނެގި ކާރެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވެސް އެދިފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.